ސިޓީ ހޮޓާ އަޅަން މާޅޮހުން ކުއްޔަށް ބިން ދޫކުރަނީ

ބ. މާޅޮސް. ފޮޓޯ: 360.އެމްވީ
ބ. މާޅޮސް. ފޮޓޯ: 360.އެމްވީ

 

ބ. މާޅޮހުން ސިޓީ ހޮޓާ އެޅުމަށް ތިން ބިމެއް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވި ގޮތުގައި އެ ރަށުގެ އިރުމަތި ކޮޅުން އަތިރިމަތީ ސަރަހައްދުތަކުން ތިރީސް ނުވަހާސް އަކަފޫޓްގެ ތިން ބިމެއް ފާހަގަކޮށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައި، ބީލަމަށް ހުޅުވާލުމުގެ ކަމާބެހޭ އިދާރީ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.

“މި ތިންސަރަހައްދު އަންނަ ސެޕްޓެމްބަރު މަހުގެތެރޭގައި ބީލަމަށް ހުޅުވާލެވޭނެ. އަމާޒަކީ މިމަހުގެ ތެރޭގައި ބިންތައް ބަޔަކާ ހަވާލުކުރުން،” ޝުޖާއު ވިދާޅުވި އެވެ.

ބ. މާޅޮސް، ފޮޓޯ / ގެސްޓްހައުސް މޯލްޑިވްސް
ބ. މާޅޮސް، ފޮޓޯ / ގެސްޓްހައުސް މޯލްޑިވްސް

ޝުޖާއު ވިދާޅުވީ ބީލަން ހުށައަޅާ ފަރާތްތަކުގެ ހުށައެޅުންތަކުގައި މާޅޮހުގެ ތަރައްޤީއަށް ހިއްސާއެއް އަދާކުރާގޮތަށް ހުށައަޅާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ދެއްވުމަށް ވިސްނަވާ ކަމަށެވެ.

މިޕްރޮޖެކްޓްގެ މައިގަނޑު ބޭނުމަކީ ޝުޖާއު ވިދާޅުވި ގޮތުގައި މާޅޮހުގައި އިގްތިސާދީ މަސައްކަތްތައް ފުޅާކޮށް، ވަޒީފާގެ ފުރުސަތު އިތުރުކުރުމެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި 200 އެއްހާ އާ ވަޒީފާ އުފެދޭނެކަމަށް ބެލެވެ އެވެ.

ބ. ދަރަވަންދޫ އެއާޕޯޓާ ކައިރީގައި އޮތް މާޅޮހުގައި އަމިއްލަ ފަރާތްތަކުން މިހާރުވެސް ކޮންމެވެސްވަރަކަށް ގެސްޓްހައުސްގެ ވިޔަފާރި ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.