ސީސީ ފުޓްސަލް ފިއެސްޓާ މާދަމާ ހަވީރު ފަށަނީ

ccc

ކްލަބް ކޮމްބިނޭޝަން އިން އިންތިޒާމުކޮށްގެން ބާއްވާ “ސީސީ ފުޓްސަލް ފިއެސްޓާ 2015” ދިހަ ޓީމާއެކު މާދަމާ ހަވީރުފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ދިހަ ޓީމެކެވެ. އެއީ ގްރޫޕް އޭ ގައި އެފްސީ ޝީޝާ އާއި އަލްޓްރާ އާއި ފްރެންޑްސް އަދި އިރުމަތީ ލަވާސް އެވެ. ގްރޫޕް ބީގައި އެފްސީ ޑޮލާސް، އޭދަފުށީ ޕޮލިސް އަދި އެކްސް ކާޝަން އެވެ. ވެލާ ސްޕޯޓްސް އާއި ސަންސެޓް ބީޗް އަދި ޔުނައިޓެޑް ވީ ހިމެނެނީ ގްރޫޕް ސީ ގަ އެވެ.

ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކުޅޭނީ އެފްސީ ޝީޝާ އާއި އަލްޓްރާ އެވެ. ދެވަނަ މެޗުގައި މާދަމާ ރޭ ފްރެންޑްސް އާއި އިރުމަތީ ލަވާސް ބައްދަލުކުރާނެ އެވެ. ތިންވަނަ މެޗުގައި މާދަމާ ރޭ އެފްސީ ޑޮލާސް އާއި އޭދަފުށީ ޕޮލިސް ބައްދަލުކުޔރާއިރު މާދަމާ ރޭ ގެ ފަހު މެޗުގައި ކުޅޭނީ ވެލާ ސްޕޯޓްސް އާއި ސަންސެޓް ބީޗު އެވެ.

އޭދަފުށީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް އާލާކޮށް ޒަމާނުއްސުރެ އޭދަފުށީގައި އޮންނަ ފުޓްބޯޅައިގެ ސަގާފަތު ދިރުވުމުގެ މަގުސަދުގައި ސީސީ އިން ބާއްވާ މުބާރާތުގައި ޗެމްޕިއަން ޓީމަށް 8000ރ. ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 3000ރ. ވަނީ ހުށަހަޅައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.