ބޮލަކަށް 1314ރ. ގެ މަގުން ޒަކާތް ދޫކުރަން މިރޭ ފަށަނީ

ބ. އޭދަފުށި. މިހާތަނަށް އޭދަފުށިން 16،000 އަށް ވުރެގިނަ ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ވަނީ ދައްކާފައި-- އީޓީ ފޮޓޯ / ނަވާލް އަބޫބަކުރު
ބ. އޭދަފުށި.

 

ބ. އޭދަފުށިން މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ސާޅީސް ހާހަށްް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށާއި، ބޮލަކަށް 1314.62ރ. ގެ މަގުން ފިތުރު ޒަކާތް މިރޭ ބަހަން ފަށާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ

ކައުންސިލުން ބުނީ 36 މީހުން ފަގީރުންގެ ގޮތުގައި މިއަހަރު އޭދަފުށިން ރަޖިސްޓްކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 15 މީހުން މަދު އަދަދެކެވެ. އަދި ފިތުރު ޒަކާތް 2823 މީހުން ދައްކާފައިވާއިރު ޒަކާތުގެ ގޮތުގައި މިއަހަރު 47،326.22ރ. ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. މިދިޔަ އަހަރު އޭދަފުށިން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނީ 45،493.44ރ. އެެވެ.

• އާދައިގެ ހަނޑުލުން 11.06ރ ގެ ރޭޓުން 2587ރ
• ތައިލެންޑް ހަނޑުލުން 54ރ ރޭޓުން 37 މީހުން
• ބާސްމަތީ ހަނޑުލުން 84ރ ގެ ރޭޓުން 199 މީހުން

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި ޒަކާތް ދޫކުރަން ހަމަަޖައްސާފައި ވަނީ މިރޭ 9:30 އިން ފެށިގެން ކައުންސިލު އިދާރާއިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.