ބ. އަތޮޅު ހޮސްޕިޓަލުން ޑިޖިޓަލް އެކްސްރޭގެ ހިދުމަތް ދޭން ފަށައިފި

މެޑްޓޭކް މޯލްޑިވްސް އިން ބ. އަތޮޅު ހޮސްޕިޓަލަށް ހަދިޔާކުރި ޑިޖިޓަލް އެކްސްރޭ މެޝިން. ޑިޖިޓަލް އެކްސްރޭގެ ހިދުމަތް އެ ހޮސްޕިޓަލުގައި މިހާރުވަނީ ފަށާފައި-- ފޮޓޯ / ބ. އަތޮޅު ހޮސްޕިޓަލް
މެޑްޓޭކް މޯލްޑިވްސް އިން ބ. އަތޮޅު ހޮސްޕިޓަލަށް ހަދިޔާކުރި ޑިޖިޓަލް އެކްސްރޭ މެޝިން. ޑިޖިޓަލް އެކްސްރޭގެ ހިދުމަތް އެ ހޮސްޕިޓަލުގައި މިހާރުވަނީ ފަށާފައި– ފޮޓޯ / ބ. އަތޮޅު ހޮސްޕިޓަލް

 

ބ. އަތޮޅު ހޮސްޕިޓަލުގައި ޑިޖިޓަލް އެކްސްރޭގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އިއްޔެ މި ހިދުމަތް ދޭން ފެށީ މެޑްޓެކް މޯލްޑިވްސްގެ ފަރާތުން ހޮސްޕިޓަލަށް ހަދިޔާ ކުރި ޑިޖިޓަލް އެކްސްރޭ މެޝިނެއްބޭނުން ކޮށްގެންނެވެ. ގާގްގަޑަކަށް 3 މިލިއަން ރުފިޔާގެ މި މެޝިނަކީ ސިއްހީ ދާއިރާ ކުރިއަރުވައި ސިއްހީ ހޭލުންތެރިކަން އިތުރުކުރުގެ އެވޯޑް އެ ހޮސްޕިޓަލު މިދިޔަ އަހަރު ހާސިލު ކުރުމާ ގުޅިގެން މެޑްޓެކުން ވެދެއްވި އެހީއެކެވެ.

އަތޮޅު ހޮސްޕިަލުގެ މެނޭޖަރު އަހްމަދު ވަހީދު ވިދާޅުވީ ޑިޖިޓަލް އެކްސްރޭގެ ސަބަބުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި އެ ހޮސްޕިޓަލުގައި މިހާރު ހުރީ ޓާޝީއައަރީ ހޮސްޕިަލުތަކުވައިވެސް ބޭނުންކުރާ ކަހަލަ ވަރަށް ޒަމާނީ މެޝިނެއް ކަމަށެވެ.

އަދި މީގެ ސަބަބުން ކުރިން ބޭނުންކުރި ބައެއް ކެމިކަލް އާއި ތިމާވެއްޓަށް ވެސް ގެއްލުން ހުރި ބައެއް ކަންތައްތައް ނައްތާލެވި ސީދާ ޕްރިންޓަރެއްގެ ޒަރިއްޔާއިން ވަރަށް ސާފުކޮށް ވަރަށް ގިނަ ގޮތްގޮތަށް ސްކޭން ނެގޭނެކަމަށްވެސް ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިޖިޓަލް އެކްސްރޭގެ އެންމެ ބޮޑު ފައިދާއަކަށް ވާނީ އެކްސްރޭ އާ ބެހޭ މައުލޫމާތު ވަރަށް ސާފުކޮށް، ލިބުމާއި ބަލި މީހާގެ އެކްސްރޭ، ހޮސްޕިޓަލުން ބޭރުގައި ތިއްބަވާ ޑޮކްޓަރުންނާ ހިއްސާކުރެވި މައުލޫމާތު އިތުރަށް ސާފު ކުރެވުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.