ސީސީ ފުޓްސަލް ފިއެސްޓާ ފަށައިފި

11721433_708181015992688_1462579736_n

ސީސީ ފުޓްސަލް ފިއެސްޓާ އިއްޔެ ހަވީރު އޭދަފުށީގައި ފަށައިފި އެވެ.

ޖުމްލަ 10 ޓީމާ އެކު އިއްޔެ ހަވީރު ފެށި މުބާރާތުގައި ރޭގެ ނިޔަލަށް ވަނީ 4 މެޗް ކުޅެފަ އވެ.

މުބާރާތް ހުޅުވި މެޗްގައި ބައްދަލު ކުރީ އަލްޓްރާ އާއި އެފްސީ ޝީޝާ އެވެ.

މި މެޗް 3-6 އިން ކާމިޔާބުކުރީ އަލްޓްރާ އެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމްގެ އާފިއު މުހައްމަދު ހާމިދު އެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ އިރުމަތި ލަވާސް އާއި ފްރެންޑްސް އެވެ. މި މެޗު 7-7 އިން ވަނީ އެއްވަރުވެފަ އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ފްރެންޑްސްގެ އަހްމަދު އަޝްރަފް ޔޫސުފް އެވެ.

ދެވަނަ މެޗުގައި އޭދަފުށީ ޕޮލިސް ވަނީ އެފްސީ ޑޮލަރސް އަތުން 3-5 އިން މޮޅުވެފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސްގެ އިބްރާހިމް މުހައްމަދު އެވެ. ރޭ ކުޅުނު ފަހު މެޗު ވެލާ ސްޕޯޓްސް ކާމިޔާބުކުރީ ސަންސެޓް ބީޗް ސްޕޯޓަސްއާ ވާދަކޮށް 8-1 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާ ސްޕޯޓްސްގެ އަލީ ޒުބައިރު އެވެ.

އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު މެޗަކާއި މިރޭ ވެސް 3 މެޗު ކުޅެން ވަނީ ހަމަޖައްސައިފަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 8،000ރ. ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް 3،000ރ. ހުށަހަޅާފައިވެ އެވެ.

މުބާރާތުގެ ފައިނަލު މެޗު ކުޅުމަށް ޝެޑިއުލުކޮށްފައިވަނީ އަންނަ ބުދަ ދުވަހުގެ ރެ އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.