ދަރަވަންދޫ ކުރިމަގު ބޯޓް އަޑިއަށް ހިގައްޖެ

ކުރިމަގު ބޯޓުން ދަތުރުކުރި މީހުން  ސަލާމަތްކޮށްގެން ގެނަސް އޭދަފުއްޓަށް  ބާލަނީ-- ފޮޓޯ/ ރިފްއަތު
ކުރިމަގު ބޯޓުން ދަތުރުކުރި މީހުން ސަލާމަތްކޮށްގެން ގެނަސް އޭދަފުއްޓަށް ބާލަނީ– ފޮޓޯ/ ރިފްއަތު

 

މާލެއިން ފުރައިގެން މުދާ ބަރުކޮށްގެން 10 މީހުންނާ އެކު ދަރަވަންދޫއަށް ދަތުރުކުރި އެރަށު “ކުރިމަގު ބޯޓް” އަޑިއަށް ހިގައްޖެ އެވެ.

ވިޔަފާރި މުދާ ބަރުކޮށްގެން ދަރަވަންދޫއަށް ދަތުރުކުރި “ކުރިމަގު ބޯޓް” އޭދަފުއްޓާ 17 ވަރަކަށް މޭލު ބޭރުން ކާށިދޫ ކަނޑަށް އަޑިއަށް ގޮސްފައި ވަނީ މިއަދު ހެނދުނު އިންޖީނު ހުއްޓިގެން ދިޔަވެގެން ކަމަށް އެ ދޯނީގެ ކެޕްޓަނާ ހަވާލާދީ ފުލުހުން ބުންޏެވެ. އަދި ދިޔަވާން ދިމާވި މޫސުންގެ ކަނޑު ގަދަވުމުން ކަމަށްވެ އެވެ.

222

އަޑިއަށް ދިޔަ ނާލު ބޯޓް ކައިރި އަށް ޑުސިޓް ތާނީ ރިސޯޓުން ދިޔަ ލޯންޗެއްގައި އެ ދޯނިން ދަތުރުކުރި 10 މީހުން ސަލާމަތްކޮށް އެ ލޯންޗަށް ނަގައި މިހާރުވަނީ ރަށަށް ގެނެސްފައެވެ. ލޯންޗު އެ ސަރަހައްދަށް ދިޔައިރު އޭގައި ތިބިމީހުން ތިބީ ލައިފް ޖެކެޓްއަޅައިގެން ކަނޑު މަތީގައެވެ. އޭގެ ތެރޭގައި އަހަރު ނުވާ ކުޑަކުއްޖަކާއި ދެ އަންހެނުން ހިމެނެ އެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.

345

ނަމަވެސް ކުރިމަގު ބޯޓް އޮތީ މުދަލާއެކު ކަނޑު އަޑީގައެވެ. އެ ދޯނީގައި ދަރަވަންދޫ ވިޔަފާރިވެރިންގެ މުދަލުގެ އިތުރުން އޭދަފުއްޓާއި މާޅޮހުގެ ބައެއް ވިޔަފާރިވެރިންގެ ގިނަ އަދަދެއްގެ މުދާ ހުރިކަމަށްވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.