މިނިވަން ދުވަހުގެ ހަދިޔާއަކަށް ދިރާގުން 2ޖީބީ ޑޭޓާ ހިލޭ

މިނިވަން  50 އަށް ދިރާގު ހެޑް އޮފީސް ކުލަބޮކިން ޒީނަތްތެރިކޮށްފައި-- ފޮޓޯ / ދިރާގު
މިނިވަން 50 އަށް ދިރާގު ހެޑް އޮފީސް ކުލަބޮކިން ޒީނަތްތެރިކޮށްފައި– ފޮޓޯ / ދިރާގު

މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ ރާއްޖޭގެ 50 ވަނަ މިނިވަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށް ހިލޭ ދެ ޖީބީގެ ޑޭޓޭ މިއަދު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖަ ޕަބްލިކް ރިލޭޝަން އިމްޖާދު ޖަލީލް ވިދާޅުވި ގޮތުގައި މިއަދު އެކަނި ބޭނުން ކުރެވޭ ހިލޭ 2ޖީބީ ޑޭޓާ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ އެވެ.

“ގިނަ ބަޔަކު މިއަދު ބޭނުންވަނީ އިންޓަނެޓަށް ވަދެލާ، ވައިބާ ނުވަތަ ފޭސްބޫކަށް ވަދެލާ އުޅެން. އަޅުގަނޑުމެންގެ މިނިވަން ދުވަހުގެ ހަދިޔާއަކަށް މި ދޫކޮށްލަނީ ހިލޭ ޑޭޓާ،” އިމްޖާދު ވިދާޅުވި އެވެ.

ނަމަވެސް 2ޖީބީ ޑޭޓާ މި އޮފާގައި ލިބެނީ މިރޭ 11:59 އާ ހަމައަށެވެ. އޭގެ ފަހުން އިތުރަށް ބޭނުންކޮށްފި ނަމަ އެ މީހަކު ކުރިންސުރެ ބޭނުންކުރަމުން އަންނަ ޑޭޓާ ޕްލޭނުގައިވާ ގޮތަށް ޗާޖުކުރާނެ އެވެ. މިނިވަން ދުވަހުގެ މި އޮފާ ޑޭޓާ އަންލިމިޓެޑް އަދި ޕަވަ ޕްލަސް ޕްލޭން ބޭނުންކުރާ ކަސްޓަމަރުންނަކަށް ނުލިބޭނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލަތީ ކުންފުނި ދިރާގުން މިއަދު ވަނީ މިނިވަން 50 ލޯގޯ އާއެކު ވައުޗަރު ކާޑު ތައާރަފުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.