ފޮޓޯ: ސޮނެވާފުށީގައި މިނިވަން 50 ފާހަގަ ކުރުން

ބ. އަތޮޅު ރިސޯޓެއް ކަމަށްވާ ސޮނެވާފުށީގައި މިނިވަން 50 ފެށިގެން ދިޔައީ 26 ވަނަ ދުވަހު ހެނދުނު އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ.

މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން ސޮނެވާފުށީގެ މުވައްޒަފުންގެ ސަރަހައްދު ވަނީ ވަރަށް ރީތިކޮށް ގައުމީ ދިދައިން ޒީނަތްތެރި ކޮށްފައެވެ.

އަދި މިނިވަން ދުވަހުގެ ހާއްސަ ފުޅަނދު ބުރަށް ތައްޔާރުވުމުގެ ގޮތުން ތިން ދުވަސް ކުރިން ފެށިގެން ސޮނެވާފުށީގެ ހުރިހާ ޑިޕާޓްމަންޓްތަކެއް ދިޔައީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު އޮންނަ ހާއްސަ ފުޅަނދު ބުރަށް ތައްޔާރު ވަމުންނެވެ.

“އަޅުގަނޑުމެން ރޭގަނޑުގެ ހަރަކާތްތައް ފެށީ ހާއްސަ ދިވެހި ޑިނަރ (ރޭނގަޑުގެ ކެއުން)އަކުން. ދެން ފެއްޓީ ފުޅަނދު ބުރު. އެއް ބަޔަކު ދައްކުވައިދިނީ ކާބަފައިންގެ މަސްވެރިކަމަށް ހުންނަ ފޯރި. އަނެއް ބަޔަކު ދައްކުވައިދިނީ ދިވެހިން ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތްކުރި މުހައްމަދު ތަކުރުފާނުގެ ކަޅުއޮށްފުއްމި. ދެން ފެނިގެން ދިޔައީ އެއިރު ރާއްޖޭގައި ޕޯޗްގީޒުންގެ ބާރުގެ ދަށުގައި އޮތްއިރު، އެ ބޭފުޅުން ރާއްޖޭގެ އަންހެންކުދިންނާއި ކައިވެނި ބައްލަވާހައްދަވާ ގޮތް. ކުރުކޮށް ޑްރާމާއެއް ގޮތަށް ހުރިހާ ކަމެއް ވެސް ދިޔައީ.  މި ކަންތައް ނިންމާފައި ދެން ފެނިގެން ދިޔައީ ރާއްޖޭގެ މަޝްހޫރު ލައިމްސްޓޯންގެ މިއުޒިކުން މުޅި ސޮނެވާފުށި ގުގުމާލިތަން،” އެ ރިސޯޓުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.

11721832_10152985346625423_2115011794_n 11774614_10152985346665423_1554701538_n 11778028_10152985346605423_2053591168_n 11778164_10152985346635423_1589963300_n 11778205_10152985346645423_165701437_n 11793318_10152985346675423_1305311073_n 11815692_10152985346640423_1202718659_n

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.