އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓް ޑޭޓާ ހިލޭ

ކޯވިޑް-19 ޕެންޑެމިކް އާއި ގުޅިގެން، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 ބޯނަސް ޑޭޓާ މުޅިން ހިލޭ ލިބޭ ޚާއްޞަ އޮފަރ އެއް އެ ކުންފުނިން މިއަދު ތައާރަފްކޮށްފިއެވެ.

This image has an empty alt attribute; its file name is eSim_300x280.jpg

އުރީދުން ބުނީ މި އޮފަރ ތައާރަފް ކުރެވިފައި ވަނީ މިދުވަސްވަރަކީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރާ ދުވަސްކޮޅަކަށް ވުމާއެކު، ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި މަހުގެ ފަހުކޮޅު ކަމަށް ވެފައި، ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް މި ބޯނަސް ޑޭޓާ މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ވެސް އުރީދުން ބުންޏެވެ.

އެގޮތުން އިތުރު %25 ބޯނަސް ޑޭޓާ، އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުވެސް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިގެނެދާނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ވަނީ މީގެ ކުރިން ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕްރިޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް 25% ބޯނަސް ޑޭޓާ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، މޮބައިލް ކަސްޓަމަރުންނާއި ފައިބަރ އަދި ވަޔަރލެސް ބްރޯޑްބޭންޑް ގެންގުޅުއްވާ ފަރާތްތަކުގެ މާރިޗް މަހުގެ ބިލު އެހެން މަސް މަހެކޭ އެއްގޮތަށް ބިލު ދައްކަވަންޖެހިވަޑައިގަންނަވާ ތާރީޚުގެ ކުރިން ނުދެއްކުނުކަމުގައިވިޔަސް ޚިދުމަތް މެދު ނުކެނޑި ބޭނުންކުރެވޭ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. މިގޮތުގެ މަތިން، ކުދި ވިޔަފާރިތަކަށް ވެސް ބިލް ދެއްކެވުމަށް މި ފަސޭހަ ލިބިގެން ދާނެއެވެ. މިނިންމުން މިގޮތަށް ނިންމާފައިވަނީ މި ޕެންޑަމިކް އާއި ގުޅިގެން އެއްވެސް މެދުކެނޑުމަކާއި ނުލާ، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މަޢުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެންކަމަށް އުރީދޫން ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހާލަތު ދެނެގަތުމާ، އިންޓަނެޓް މެދުވެރިކޮށް ޚިދުމަތްތައް ހޯދުމުށް މަގު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ އިން އަޅާފައިވާ ފިޔަވަޅުތައް:-

  • ކޮވިޑް-19 ވެބްސައިޓް އަށް ހިލޭ ވަދެވޭނެ ގޮތަށް ހަމަޖެއްސުން
  • ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ 25% ޑޭޓާ ފޯރުކޮށްދިނުން
  • ޕްރީޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25% ޑޭޓާ ފޯރުކޮށްދިނުން
  • ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25% ޑޭޓާ ފޯރުކޮށްދިނުން
  • ލޯކަލް ނަންބަރުތަކަށް ކުރާ އެސް.އެމް.އެސް ތައް މުޅިން ހިލޭ ކުރުން.
  • މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ގުޅިގެން ގޫގްލް ކްލާސްރޫމް ހިދުމަތް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް 5ޖީބީ ޑޭޓާ ގެ އެލަވަންސެއް ހަމަޖެއްސުން
  • އިމަޖެންސީ ރެސްޕޮންސް ޓީމްތަކަށް އެހީތެރިވުމުގެ ގޮތުން އިމަރޖެންސީ ސެންޓަރު ތަކަށާއި، ފްލޫ ކްލިނިކް ތަކަށް އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ހިލޭ އިންޓަރނެޓް ފޯރު ކޮށްދިނުން
  • ކޮވިޑް-19 އަށް ހޭލުންތެރި ކުރުމަށް ފޮނުވޭ މެސެޖް ތައް ފޮނުވުމާއި ރިންގްޓޯން ތަކުން މެސެޖް ދިނުމުގައި އެޗް.ޕީ.އޭ އާއި ރެޑްކްރެސެންޓް އަދި މޯލްޑިވްސް މީޑިއާ އެސޯސިއޭޝަން އާއި ގުޅިގެން މަސައްކަތް ކުރުން.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންއަންނަ ކޯވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އުރީދޫ ފިހާރަތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި މި ހާލަތުގައި، އުރީދޫ އެޕް މެދުވެރިކޮށް ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް ދަނީ ބާރުއަޅަމުންނެވެ.

  • އުރީދޫ އެޕް (ޑައުންލޯޑް ލިންކް:http://ore.do/app) މެދުވެރިކޮށް، އުރީދޫގެ ހުރިހާ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ލިބިވަޑައިގަންނަވާނެއެވެ. ސިމް، ޑިވައިސްތައް، ސްމާރޓްފޯން އަދި ސްމާރޓް އެކްސެސަރީތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަރީ އާއިއެކު ފޯރުކޮށްދެވޭނެއެވެ.
  • އުރީދޫ އެމް-ފައިސާ ބޭނުންކޮށްގެން، ފައިސާ ޓްރާންސްފަރ ކުރުމާއި؛ ތަފާތު ވިޔަފާރިތަކަށް ފައިސާ ދައްކައި؛ ފޯން، އިންޓަނެޓް، ފެން، ކަރަންޓު އަދި ކޭބަލް ޓީވީ ބިލްތައް ދައްކައި؛ އަދި ގޭސް އޯޑަރުވެސް ކުރެވޭނެއެވެ. އެމް-ފައިސާ އަކީ އެކައުންޓް ރެޖިސްޓަރ ކުރުމާއި ކޭޝް ޑިޕޮސިޓްކުރުންވެސް ހިމެނޭގޮތަށް، ހުރިހާ ޚިދުމަތްތައްވެސް އޮންލައިންކޮށް ހޯދޭ އެޕްލިކޭޝަނެކެވެ.
  • އުރީދޫ އެޕްގައި ހިމެނޭ ލައިވް ޗެޓް، ފޭސްބުކް މެސެންޖަރ އަދި ވައިބަރގައި ހިމެނިފައިވާ އުރީދޫ އެވީ، އަދި ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަގްރާމްގައި ހިމެނޭ އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިޔާ ޗެނަލްތައް މެދުވެރިކޮށް،  ކަސްޓަމަރ ކެއާގެ ޚިދުމަތް ލިބިގެންދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިވަގުތު ރާއްޖޭގައި އިއުލާން ކޮށްފައިވާ ހެލްތް އިމަޖެންސީ އާއި ޤައުމީ ފެންވަރުގައި އެންމެހާ ރައްޔިތުންގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް “ވާރކް ފްރޮމް ހޯމް” ޕޮލިސީ އެއް ތަންފީޒުކޮށް އުރީދޫ މޯލްޑިވްސް ގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ކަސްޓަމަރުންގެ ބޭނުންތަކަށް ބުރޫނާރާނޭ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ، އުރީދޫ މޯލްޑިވްސްއިން ވަނީ 1ޓީބީ ސްޓޯރޭޖް އާއެކު އޮފީސް 365 އަދި ވިޒް.އީ އާރު ޕީ ފަދަ ކްލައުޑް ބޭސްޑް އެޕްލިކޭޝަންސް މެދުވެރިކޮށް މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. މީގެ އިތުރުން، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސއްކަތްތަށް ކުރުމުގައި މުވައްޒަފުންގެ މެދުގައި ކުރާ މުއާމަލާތްތަކާއި ބައްދަލުވުންތައް ފޭސްބުކް ވޯރކްޕްލޭސް އަދި ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިއުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

އުރީދޫން ބުނީ ދިވެހި ސަރުކާރާއި، އެޗް.ޕީ.އޭ އަދި ކަމާއި ގުޅޭ އެކި ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން ކޮވިޑް-19 އާ ގުޅޭގޮތުން ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި އެ ކުންފުނީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުންދެމުން ގެންދާނެ ކަމަށެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.