ކޮވިޑް-19: ސްކޫލް ކުދިންނާއި ޓީޗަރުންނަށް ހިލޭ މޮބައިލް ޑޭޓާ ޕެކޭޖެއް ދެނީ

ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށްފައިވުމުން، ދިރާގުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާ ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން ހިލޭ މޮބައިލް ޑޭޓާ ޕެކޭޖެއް ސްކޫލް ކުދިންނާއި ޓީޗަރުންނަށް ދޭން ނިންމައިފިއެވެ.

This image has an empty alt attribute; its file name is eSim_300x280.jpg

މިދުވަސްވަރު ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ޚިދުމަތް ދަރިވަރުންނާއި ޓީޗަރުންނަށް މިވަނީ ވަރަށް މުހިންމުވެފައިއެވެ.

އެގޮތުން، މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑޭނެ ހެން، ވަރޗުއަލް ކްލާސްރޫމްތަކާއި، އީ-ލަރނިންގ ފަދަ ރިމޯރޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތަށް ފަސޭހަކަމާއެކު ބޭނުންކުރުން މަގުފަހިކޮށް ކިޔަވާކުދިންނާއި ޓީޗަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުން ހިލޭ ފޯރުކޮށްދޭ މި 5ޖީބީ މޮބައިލް ޑޭޓާ ޕެކޭޖް 30 ދުވަހުގެ މުއްދަތަށް ދޭން ދިރާގުން ވަނީ ނިންމާފައިއެވެ.

ދިރާގުން ބުނި ގޮތުގައި މި ޑޭޓާ ޕެކޭޖް ލިބޭނީ އެޑިއުކޭޝަން މިނިސްޓްރީ އިން ދިރާގަށް ހިއްސާ ކޮށްފައިވާ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް، މަމެން އަދި އެހެނިހެން ދިރާގު މޮބައިލް ޚިދުމަތް ގެންގުޅުއްވާ ދަރިވަރުންނާއި ޓީޗަރުންނަށެވެ.

ކޮވިޑް19 އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން މަގުފަހިކޮށްދިނުމަށް އެކި ގޮތް ގޮތުން މަސައްކަތްކުރަމުންނެވެ. ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭ 30 ދުވަހަހުގެ ހިލޭ ޑޭޓާ އަކީވެސް މިގޮތުން ދިރާގުން ކޮށްދިން އެއްކަންތަކެވެ. މީގެ އިތުރުން، ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓްސް ވަނީ ދީފައިއެވެ. އަދި ހަމައެއާއެކު، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ދީފައިއެވެ. އަދި މި އަންނަ މަހުގައި ވެސް ދޭން ވަނީ ނިންމާފައިއެވެ.

މީގެ އިތުރުން، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުންވެސް %50 ޑިސްކައުންޓް ދީ، ހިލޭ 10ޖީބީ ވެސް ވަނީ ދީފައިއެވެ.

“ދިރާގުން އުންމީދުކުރަނީ، މި ޑޭޓާ އެލަވަންސްގެ ސަބަބުން ކިޔަވާ ކުދިންނާއި ޓީޗަރުންނަށް އޮންލައިން ކްލާސްރޫމް ހިންގުމުގަށާ، ރިމޯޓް އެޑިއުކޭޝަންގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިތުރު ލުއިފަސޭހަތައް ލިބިގެންދާނެކަމަށެވެ. އަދި ދިރާގުން އިލްތިމާސް ކުރަނީ އިންޓަނެޓްގެ ޚިދުމަތް މިދުވަސްވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުން ކުރުމަށެވެ. ހަމަ އެއާއެކު، ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކޮށް ފަރުދީ ޒިންމާގެ ދަށުން ހުރިހާ އެންމެންވެސް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށެވެ.”

ދިރާގުން ދަނީ ކޮވިޑްގެ19 ގެ ބަލިމަޑުކަމާގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލާ، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ. ކޮވިޑް19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު ހޯދުމަށް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.