ތުރުކީ ދަތުރެއް ލިބޭ ޕޯސްޓްޕެއިޑް ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

ތުރުކީ ދަތުރެއް ހިލޭ ލިބޭ، ޕޯސްޓްޕެއިޑް މޯބައިލްގެ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވެނީ ޕޯސްޓްޕެއިޑްގެ އާ ކަނެކްޝަނެއް ނަގާ ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަންގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ދެ މީހަކަށް ތުރުކީއަށް ދިއުމަށް ބިޒްނަސް ކްލާހުގެ ދެކޮޅު ޓިކެޓްގެ އިތުރުން ތުރުކީގެ އެންމެ ފެންވަރު ރަނގަޅު ހޮޓެލެއްގައި ފަސް ދުވަހު ހުރުމެވެ. އަދި ދެވަނަ އިނާމަކަށް ހުށަހަޅަފައިވަނީ ޔޫރަޕްގެ ބޭނުން ކޮންމެ މަންޒިލަކަށް ދެ މީހަކަށް ޓާކިޝް އެއާލައިންގެ ދެކޮޅު ޓިކެޓެވެ.

ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަންގެ މުއްދަތުގައި އާ ކަނެކްޝަނެއް ނަގާނަމަ ކަނެކްޝަން ފީ އާއި ފުރަތަމަ މަހުގެ މަހު ފީ އިން 50 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ އެވެ.

 ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް ހިދުމަތްތަކާއި ޕްރޮމޯޝަންތަކާއި އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ދިރާގުން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އަށް ދަތުރުތައް ފެށި ޓާކިޝް އެއާލައިނާ ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.