ދިވެހި ކޮންޓިންޖެންޓުގެ ޓެލެކޮމިއުނިކޭޝަން ޕާޓްނަރަކަށް ދިރާގު

ދިރާގުގެ ފަރާތުން މައުމޫން (ކ) އަދި އޮލިމްޕިކް ކޮމިޓީގެ ފަރާތުން މަރުޒޫގު އެއްބަސްވުން ބަދަލުކުރައްވަނީ. --ފޮޓޯ: ދިރާގު
ދިރާގުގެ ފަރާތުން މައުމޫން (ކ) އަދި އޮލިމްޕިކް ކޮމިޓީގެ ފަރާތުން މަރުޒޫގު އެއްބަސްވުން ބަދަލުކުރައްވަނީ. –ފޮޓޯ: ދިރާގު

 

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އޮފިޝަލް ޓެލެކޮމިއުނިކޭޝަން ޕާޓްނަރަކަށް މުވާސަލަތީ ކުންފުނި ދިރާގު ހަމަޖައްސައިފި އެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި ސްޕޮންސާޝިޕްގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އޮފް މާކެޓިން އަހުމަދު މައުމޫން އެވެ. އަދި އޮލިމްޕިކް ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމެޓީގެ ސެކްރެޓަަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އެވެ.

މި ފަހަރުގެ ގޭމްސްގައި ރަން މެޑަލް ހޯދާ ރާއްޖޭގެ ކޮންމެ އެތުލީޓަކަށް، އެ އެތުލީޓަކު ބޭނުންވާ ދިރާގުގެ ހައި ސްޕީޑް ބްރޯޑްބޭންޑް ހިދުމަތެއް އެއް އަހަރު ދުވަހަށް ހިލޭ ދޭން ދިރާގުން ވަނީ ނިންމައިފަ އެވެ.

“ރާއްޖޭގެ ޓީމަށް ރަނގަޅު ކާމިޔާބަކަށް އެދެން. ދިރާގުގެ މުއައްޒަފުންނާއި މެނޭޖްމަންޓް އޮތީ ދިވެހި ޓީމުގެ ފަހަތުގައި،” ދިރާގުން ބުނެފައިވެ އެވެ.

އޮލިމްޕިކް ކޮމިޓީން ވަނީ ދިރާގާ ގުޅިގެން މުބާރާތާ ގުޅޭ އެސްއެމްއެސް ކްއިޒް މުބާރާތެއް ވެސް ފަށައިފަ އެވެ. މި ކުއިޒްގެ އެއް ވަނަ އަށް އަންނަ ފަރާތަކަށް މެގަ މޯލްޑިވްސް ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން މަންޒިލަކަށް ދެކޮޅު ޓިކެޓް ލިބޭނެ އެވެ. މީގެ އިތުރުން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތުލީޓެެއް، ހޮވުމަށް އެސްއެމްއެސް މެދުވެރިކޮށް ދިރާގާއި އޮލިމްޕިކް ކޮމިޓީން ވަނީ ހުޅުވާލައިފަ އެވެ.

ރިޔޫނިއަންގައި ހުކުރު ދުވަހު ފަށާ ގޭމްސްގައި ރާއްޖޭން 10 ކުޅިވަރަކުން 14 ޓީމެއް ވާދަކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.