ދިރާގު އެޕްރެންޓިސްޝިޕް ފްރޮގްރާމަށް ފުރުސަތު ހުޅުވާލައިފި

ދިރާގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާކެޓިން ޕަބްލިކް ރިލޭޝަން އިބްރާހިމް އިމްޖާދު ޖަލީލް (ކ) އަދި ބިޝާރާ ހަމީދު (ވ) އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ބެހޭގޮތުން ވާހަކަ ދައްކަނީ-- ހަވީރު ފޮޓޯ:
ދިރާގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާކެޓިން ޕަބްލިކް ރިލޭޝަން އިބްރާހިމް އިމްޖާދު ޖަލީލް (ކ) އަދި ބިޝާރާ ހަމީދު (ވ) އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ބެހޭގޮތުން ވާހަކަ ދައްކަނީ– ހަވީރު ފޮޓޯ:

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން 2009 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިރާގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ މާކެޓިން ޕަބްލިކް ރިލޭޝަންސްގެ އެސިސްޓަންޓް މެނޭޖަރު އިބްރާހިމް އިމްޖާދު ޖަލީލު ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ދިރާގަށް މެއިލް ކޮށްގެން ބައިވެރިވެވޭނެ ކަމަށެވެ. ސީވީ މެއިލު ކުރާނީ [email protected] މެއިލު އަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވެނީ އޭލެވެލްގެ ތިން މާއްދާއިން ފާސްވެފައިވާ 18 އަހަރާއި 25 ޒުވާނުންނަށެވެ.

އިމްޖާދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރަމް ކުރިއަށް ދާނެ އެވެ. އަދި އަތޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ރަށުގައި ތިބެގެން ޕްރޮގްރާމްގައި ބައިވެރިވުމުގެ މަގު މިކަމުގެ ސަބަބުން ފަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުގެ އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި، އޭދަފުށި އަދި ލާމު އަތޮޅު ހިމެނެ އެވެ.

ދިރާގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާކެޓިން ޕަބްލިކް ރިލޭޝަން އިބްރާހިމް އިމްޖާދު ޖަލީލް (ކ) އަދި ބިޝާރާ ހަމީދު (ވ) އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ބެހޭގޮތުން ވާހަކަ ދައްކަނީ-- ހަވީރު ފޮޓޯ:
ދިރާގުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާކެޓިން ޕަބްލިކް ރިލޭޝަން އިބްރާހިމް އިމްޖާދު ޖަލީލް (ކ) އަދި ބިޝާރާ ހަމީދު (ވ) އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ބެހޭގޮތުން ވާހަކަ ދައްކަނީ– ހަވީރު ފޮޓޯ:

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންގެ އެސިސްޓަންޓް މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ ބައިވެރިންނަށް އެކި ދާއިރާތަކުގެ މަސައްކަތްތައް ދަސްކޮށްދިނުމަށް ވަނީ ހަޖެހިފަ އެވެ. އޭގެ ތެރޭގައި ދިރާގު ޖެނެރަލް އެޑްމިނިސްޓްރޭޝަން، މާކެޓިން، ފައިނޭންސް، ޕްރޮކިއުމަންޓް އެންޑް ސްޓޯސް، ސޭލްސް، ޓްރާންސްޕޯޓް، ކަސްޓަމާ ސާވިސް، ކޯލް ސެންޓަރު އަދި އިންޖިނިއަރިން ޑިޕާޓްމަންޓް ހިމެނެ އެވެ.

އޭގެ އިތުރުން މި ޕްރޮގްރާމްގައި ސޮފްޓް ސްކިލް ޓްރެއިނިން ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބިޝާރާ ވިދާޅުވި އެވެ. އެގޮތުން އެޑްމިނިސްޓްރޭޝަން ސްކިލްސް، ކޮމިއުނިކޭޝަން ސްކިލްސް، ރައިޓިން އެންޑް ޕްރެޒެންޓޭޝަން ސްކިލްސް، މައިކްރޮސޮފްޓް އޮފީސް ސޮފްޓްވެއާ ޔުޓިލައިޒޭޝަން، ކަސްޓަމާ ސާވިސް، ޓައިމް މެނޭޖްމަންޓް އެންޑް ޖޮބް ޕްރޮޕެރޭޝަން އަދި ސީވީ ރައިޓިން ސްކިލްސް ހިމެނެ އެވެ.

އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު ދެ ވަނަ އަހަރަކަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށް ބިޝާރާ ވިދާޅުވި އެވެ. އަދި މި ޕްރޮގްރާމް ކުރިއަށްދާ އިރު ދިރާގުގެ އެހެން މުވްއްޒަފުންނެކޭ އެއްގޮތަށް މުސާރަ އާއި އެލަވަންސް އަދި ދިރާގު މުވައްޒަފުންނަށް ހާއްސަ މޮބައިލް ޕެކޭޖު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްދާ އިރު ދިރާގުގެ އެހެން މުވައްޒަފުންނޭ އެއްގޮތަށް މުސާރަ އާއި އެލަވަންސްތައް ދޭ އިރު ރަނގަޅު ކުދިންނަށް ދާއިމީ ވަޒީފާ ދިނުމަށްވެސް ދިރާގުން ވަނީ ނިންމައިފަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.