ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ވިލާ ކޮލެޖް އޭދަފުށި ކެމްޕަސް. އެ ކޮލެޖުން އަންނަ އަހަރު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި--
ވިލާ ކޮލެޖް އޭދަފުށި ކެމްޕަސް. —

ވިލާ ކޮލެޖުގެ ބ. އޭދަފުށީ ކެމްޕަހުގައި އަންނަ ސެޕްޓެމްބަރުމަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އޯގަސްޓް 20 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވަނީ ސެޕްޓެމްބަރު އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާޒް ލެވެލްގެ ކޯސްތައް ހިމެނެ އެވެ.

ސެޕްޓެމްބަރު އިންޓޭކުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތައް؛
• ސެޓްފިކެޓް 3 އިން ބިޒްނިސް ސްޓަޑީޒް
• ސެޓްފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލޮޖީ
• އެޑްވާންސްޑް ސެޓްފިކެޓް އިން ބިޒިނަސް އެޑްމިނިސްޓޭޝަން
• ޑިޕްލޮމާ އޮފް ސައިންސް އިން ބިޒިނަސް އިންފޮމޭޝަން ޓެކްނޮލޮޖީ (ބްލޮކް މޯޑް)
• ޑިޕްލޮމާ އިން ޕްރައިމަރީ ޓީޗިން (ބްލޮކް މޯޑު)
• މާސްޓާ އޮފް ޝަރީއާ (ބްލޮކް މޯޑު)
• ބެޗެލާ އޮފް އާޓްސް (އޮނާސް) ބިޒިނަސް އެންޑް މެނޭޖްމަންޓް

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި ސެޕްޓެމަބަރުމަހު ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވާއިރު އެ ކެމްޕަހުގައި މިހާރުވެސް ސެޓްފިކެޓް ލެވެލް އާއި ފައުންޑޭޝަންއާއި ޑިގްރީ އަދި މާސްޓާޒް ލެވެލްގެ ކޯސްތައް ކުރިއަށް ގެންދެ އެވެ.
ކޯސްތަކަށް ވަނުމަށްއެދޭ ފޯމް އަދި އިތުރު މަޢުލޫމާތު ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުން (ފޯން 6608600) ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.