މަންދު ކޮލެޖުގައި ސެޕްޓެމްބަރު/އޮކްޓޯބަރު މަހު ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

މަންދު ކޮލެޖް ހިންގާ އާ އިމާރާތް
މަންދު ކޮލެޖް ހިންގާ އާ އިމާރާތް

ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު މަންދު ކޮލެޖުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަންދު ކޮލެޖުން ބުނިގޮތުގައި އަންނަ ސެމެސްޓާގައި އެ ކޮލެޖުގައު ތައުލީމީ އަދި ވިޔާފާރި ދާއިރާގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ޝައުރީ ދާއިރާގެ ކޯސްތައް ފަށާނެ އެވެ. އޭގެ ތެރޭގައި ފައުންޑޭޝަން ލެވެލްއިން ފެށިގެން އެޑްވާސްޑް ސެޓްފިކެޓާއި ޑިޕްލޮމާ އާއި އެސޯސިއޭޓް ޑިގްރީ އަދި ބެޗެލާސް ޑިގްރީ ލެވެލްގެ ކޯސްތައް ހިމެނެ އެވެ.

މަންދު ކޮލެޖުން ބުނި ގޮތުގައި އަންނަ ސެމެސްޓާއަށް ހުޅުވާލެވުނު ފުރުސަތުގެ ތެރެއިން އެންމެ ޚާއްސަކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ އެ ކޮލެޖުން ރާއްޖޭގެ އަސްދަނޑިން ބޭރަށް ނުކުމެ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކާއި ގުޅިގެން މަތީ ތަޢުލީމުގެ އިތުރު ފުރުސަތުތަކެއް ހާސިލްކުރުމުގެ މަގު ތަނަވަސްކޮށްދީފައިވުމެވެ.

“އެގޮތުންް ފައުންޑޭޝަން ފޮރ ޑިގްރީ ސްޓަޑީޒް ނިންމާ ދަރިވަރުންނަށް މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ބެޗްލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ވަނުމުގެ ފުރުސަތުވަނީ ވަނީ ހުޅުވިފައެވެ. ހަމަމިއާއެކު، މަންދު ކޮލެޖުގެ ޑިޕްލޮމާ އިން ބިޒްނަސް ނިންމާ ދަރިވަރުންނަށް މެލޭޝިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުގެ ބެޗްލަރސް ޑިގްރީގެ ދެވަނަ އަހަރުގައި ބައިވެރިވުމުގެ ފުރުޞަތު ލިބެއެވެ،” މަންދު ކޮލެޖުން ބުންޏެވެ.

މަންދު ކޮލެޖުގެ ހުރިހާ ކޯސް ތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ ކޯސްތަކެވެ.

މަންދު ކޮލެޖުން ބުނީ މިކޯސްތަކުގައި ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް މާލޭގެ މެއިން ކެމްޕަހުގައި އަދި މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ވަރޗުއަލް ކެމްޕަހުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މަންދު ކޮލެޖް ވަރޗުއަލް ކެމްޕަސްއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިދަރިވަރުންނަށް، އެދަރިވަރުންގެ ރަށުގައި ތިބެގެން ކިޔެވޭނެ ގޮތަށް ރާވާފައިވާ ޕްރޮގްރާމެކެވެ.
މިފަހަރުގެ މި ފުރުސަތުގައި މަންދު ކޮލެޖްގެ ކިޔަވާ ހުރިހާ ދަރިވަރުންނަށް ހިލޭ 3ޖީ އިންޓަރނެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކޮލުން ބުނެއެވެ. އަދި މި މަހު 15ގެ ކުރިން ކޯހުގައި ބައިވެރިވެ ފީ ދައްކާ ދަރިވަރުންނަށް 1000 ރުފިޔާގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އޮތީ ހުޅުވިފަ އެވެ. ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު މަންދު ކޮލެޖްގެ މާލެ ކެމްޕަސް / މަންދު ކޮލެޖުގެ ފޯނު 3330055 / މަންދު ކޮލެޖުގެ ވެބްސައިޓް www.mandhucollege.edu.mv އިން ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.