ދިރާގު ޕޯސްޓްޕެއިޑް ނަންބަރު ނަގާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް

ދިރާގުގެ ޕަބްލިކް ރިލޭޝަންސް އެސިސްޓަންޓް މެނޭޖަރު އިބްރާހިމް އިމްޖާދު (ވ) ނޫސްވެރިންނާ ވާހަކަ ދައްކަނީ- ފޮޓޯ / ދިރާގު
ދިރާގުގެ ޕަބްލިކް ރިލޭޝަންސް އެސިސްޓަންޓް މެނޭޖަރު އިބްރާހިމް އިމްޖާދު (ވ) ނޫސްވެރިންނާ ވާހަކަ ދައްކަނީ- ފޮޓޯ / ދިރާގު

ދިރާގުގެ ޕޯސްޓްޕެއިޑް ނަންބަރު ނަގާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިއްޔެ އިން ފެށިގެން ނުވަ ހަފުތާއަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި، އަލަށް ދިރާގުގެ ޕޯސްޓްޕެއިޑް ނަންބަރެއް ނަގާ ފަރާތްތަކުގެ މެދުގައި ކޮންމެ ހަފުތާއަކު ނަސީބުވެރިއެއް ހޮވުމަށްވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ކޮންމެ ނަސީބުވެރިއަކަށް ވެސް ތަފާތު އިނާމެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް އެސިސްޓަންޓް އިމްޖާދު ޖަލީލް ވިދާޅުވީ ޕްރޮމޯޝަނުގައި ހާއްސަ “ސްމާޓް” ނުވަ އިނާމު ކަސްޓަމަރުންނަށް ދޫކޮށްލާނެ ކަަަމަށެވެ.

“އަލަށް ޕޯސްޓްޕެއިޑް ނަންބަރު ނަގާ ފަރާތްތަކުގެ އިތުރުން މިހާރު ގެންގުޅޭ ޕްރީޕެއިޑް ނަންބަރު ޕޯސްޓްޕެއިޑަށް ބަދަލު ކޮށްގެން ވެސް މި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ” އޭނާވިދާޅުވި އެވެ.

މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކަށް ކަނޑައަޅާފައިވާ އިނާމްތަކަކީ ޕްލޭ ސްޓޭޝަން 4، އައިފޯން 6، ސެމްސަންގް 55 އިންޗީގެ ސްމާޓް ކާވް 3ޑީ ޓީވީ، ފެންޓޮމް ތްރީ ޕްރޮފެޝަނަލް ޑްރޯން، 13.3 އިންޗީގެ މެކްބުކް ޕްރޯ، ގޯޕްރޯ ހީރޯ 4 ބްލެކް، އައިޕެޑް އެއާ 2، ސެމްސަންގް ގެލެކްސީ އެސް ސިކްސް އެޖް އަދި ގޫގުލް ނެކްސަސް ސިކްސް އެވެ.

ދިރާގު ޕޯސްޓްޕެއިޑް ޕެކެޖުތަކަކީ ތްރީޖީ އަދި ފޯޖީގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް އިތުރު އަގަކާ ނުލާ ލިބޭނެ ހިދުމަތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.