މިނިވަން 50 އާ ގުޅުވައިގެން އޭދަފުށީގައި ބަށި މުބާރާތެއް

އޭދަފުށީގައި ބޭއްވި ބަށި މެޗެއްގެ ތެރެއިން
އޭދަފުށީގައި ބޭއްވި ބަށި މެޗެއްގެ ތެރެއިން

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު، ރަން ޔޫބީލް ފާހަގަކުރާ މުނާސަބަތާ ގުޅުވައިގެން އޭދަފުއްޓަށް ހުޅުވާލައިގެން ބަށީ މުބާރާތެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ޕީޕީއެމް އޭދަފުށީ ގޮފިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑް ވޭވް ސަލީމް) ގެ އިސްނެންގެވުމުގެ މަތިން ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ ގެ އިނާމެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އަންނެހުންގެ މެދުގައި ގައުމީ އަދި އިޖްތިމާއީ ރޫހް އާލާކޮށް ކުޅިވަރުގެ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ޓީމު ލިސްޓް ހުށަހަޅަން ޖެހެއެވެ.

ޕީޕީއެމް އޭދަފުށި ގޮފިން ބަށި މުބާރާތެއް ބާއްވަން އިއުލާން ކޮށްފައިވާއިރު، މިކަމާ ގުޅޭގޮތުން އޭދަފުށީގައި ޕީޕީއެމް ހަރަކާތްތަކުގައި އިސްކޮށްއުޅޭ ބައެއް ފަރާތްތަކާ ‘އީޓީ’ ން ގުޅާލުމުން ބުނީ ޕީޕީއެމް އޭދަފުށީ ގޮފީގެ ނަމުގައި އެއްވެސް ގޮއްޕެއް ރަޖިސްކޮށްފައި ނުވާނެ ކަމަށެވެ. އަދި ރަޖިސްޓްރީ ނުކުރާ ގޮތްޕަކުން މިގޮތަށް މުބާރާތެއް ބާއްވަން އިއުލާން ކުރުމުން އެކަމާ ކަންބޮޑުވާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. hassan

    ކަމެއް ރާވަންވާނީ އަހަރުމެންނަށްވެސް އަންގާފަ.. ދެތިންމީހުންވެގެން ގޮފިންނޭ ކިޔާފަ ކަމެއް ކުރިއަސް ނޭގޭނެ. ބަލަ ބޮޑުއީދު ކުޅިވަރު ދިޔަގޮތް. މިފަހަރުވެސް ހަމަ މިގޮތަށްބާ!!!

    ރައްދު
  2. އަހްމަދު

    ޕީޕީ އެމް އޭދަފުށީ ގޮފި ކިޔާ ކޮއްޕެއް އޮވޭބާ؟؟؟ އަހަންނަކީވެސް ޕީޕީއެމް އޭދަފުށީގެ މީހެއް… ހެދިފަ ހުރި ގޮފިތަކުގެ ތެރޭގައި ތިނަން ކިޔާ ގޮއްޕެއް ނޯންނާނެ…

    ރައްދު
  3. ހާލިދު

    ޕީޕީއެމްގެ ހަރަކާތްތަކުގައި އޭދަފުށީގައި އިސްކޮށްހަރަކާތްތެރިވާބަޔަކީ ކޮންބައެއްބާ؟ ހަމަ އިސްކޮށްހަރަކާތްތެރިވާމީހުން މިކަންކުރަން މި އުޅެނީ، ހަޖަމް ކުރަންދަސްކުރަންވާނެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.