ވޮލީބޯޅަ އެސޯސިއޭޝަންގެ ސްކޫލްތަކުގެ މުބާރާތުގެ ފުރަތަމަ މެޗުތަކުން ގޮއިދޫ މޮޅުވެއްޖެ

އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ވީއޭއެމް
އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން.– ފޮޓޯ: ވީއޭއެމް

ވޮލީބޯޅަ އެސޯސިއޭޝަނުން ބުދަ ދުވަހު ފެށި މައިލޯ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތައް ބ. ގޮއިދޫ ސްކޫލް ކާމިޔާބު ކޮށްފިއެވެ.

ތިން އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި އަދި 19 އަހަރުން ދަށުގެ ކޮންމެ ބައެއްގައި ވެސް އަންހެން އަދި ފިރިހެން ޓީމުތައް ވާދަ ކުރެއެވެ.

ފުރަތަމަ މެޗުގައި 14 އަހަރުން ދަށުގެ ގޮއިދޫ ސްކޫލްގެ ފިރިހެން ޓީމް މާލޭގެ ތާޖުއްދީން ސްކޫލްގެ މައްޗަށް ކާމިޔާބު ހޯދީ ސީދާ ދެ ސެޓުންނެވެ.

ދެވަނަ މެޗުގައި 14 އަހަރުން ދަށުގެ އަންހެން ބައިން މާލޭގެ އަމީނިއްޔާ ސްކޫލް އަތުން ގޮއިދޫ ސްކޫލް ވަނީ މޮޅުވެފައި ކަމަށް ވެސް ހަވީރުގައި ވެއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު 16 އަހަރުން ދަށުގެ އަންހެން ބައިގެ މެޗެއްގައި މާލޭގެ އިމާދުއްދީން ސްކޫލްގެ މައްޗަށް ވެސް ގޮއިދޫ ސްކޫލް ވަނީ ކާމިޔާބު ހޯދައިފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ވާދަކުރާނީ ބ. ގޮއިދޫ ސްކޫލާއި ތާޖުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި އަމީނިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ވ. އަތޮޅު ތައުލީމީ މަރުކަޒާއި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ގަލޮޅު މަދަރުސާ އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.