އޭޝިއާ، ޕެސިފިކް ހަ ވަނަ ތުރީއާރު ފޯރަމްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު

އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ހަ ވަނަ ތްރީއާރު ފޯރަމްގެ ޓެލެކޮމް ޕާޓުނަރަކަށް ދިރާގު ހަމަޖެއްސުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ / ދިރާގު
އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ހަ ވަނަ ތްރީއާރު ފޯރަމްގެ ޓެލެކޮމް ޕާޓުނަރަކަށް ދިރާގު ހަމަޖެއްސުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން — ފޮޓޯ / ދިރާގު

 

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ހަ ވަނަ ތްރީއާރު ފޯރަމް ނުވަތަ އިންޓަނޭޝަނަލް ކޮންފަރެންސުގެ ޓެލެކޮމިއުނިކޭޝަން ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

އެ ބައްދަލުވުން ރާއްޖޭގައި ބާއްވަނީ ޔުނައިޓެޑް ނޭޝަންސް ސެންޓާ ފޯ ރީޖަނަލް ޑިވެލޮޕްމަންޓް (ޔޫއެންސީއާރުޑީ) އާއި ޖަޕާނު ސަރުކާރު ގުޅިގެންނެވެ. އެކަމުގައި ރާއްޖެ އިން އިސްކޮށް ހަރަކާތްތެރި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ އެވެ.

މި ކޮންފަރެންސް އޮންނާނީ މިމަހު 16 އިން ފެށިގެން 19 ވަނަ ދުވަހަށް ދަރުބާރުގޭގަ އެވެ. ކޮންފަރެންސުގައި ދުނިޔޭގެ 33 ގައުމަކުން 141 މަންދޫބުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އަށް ގައުމެއްގެ އެކި މިނިސްޓަރުން ހިމެނެ އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގު އިބްރާހީމް އެވެ.

ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ތާރިގު ވިދާޅުވީ، ދިރާގު ފަދަ ކުންފުންޏަކުން އެ ކޮންފަރެންސުގެ ޓެލެކޮމިއުނިކޭޝަން ޕާޓްނަރަކަށް ވުމަކީ އެ ކޮންފަރެންސަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިތުރު އެހެނިހެން ކުންފުނިތަކުން ވެސް ކޮންފަރެންސް އިތުރަށް ފުރިހަމަ ކުރުމަށް އެ މިނިސްޓްރީއާ ގުޅޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ އެ ކޮންފަރެންސްގެ ޓެލެކޮމިއުނިކޭޝަން ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާ އިރު، ކޮންފަރެންސަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ ބައިނަލްއަގުވާމީ އެންމެ ފުރިހަމަ ކޮންފަރެންސަށް ހެދުމަށް ދިރާގުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ދެއްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ހެޔޮ ގޮތުގައި ކުނި މެނޭޖްކުރެވޭގެ ގޮތްތަކާ މެދު ބައިނަލްއަގުވާމީ ފެންވަރުގައި މަޝްވަރާކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.