ދިރާގު ރޯޑް ރޭސް މިމަހު 28 ގައި ބާއްވަނީ

ދިރާގުން 2013 ގައި ބޭއްވި ރޯޑް ރޭހުގައި ދުވަނީ: މި އަހަރުގެ ރޯޑް ރޭސް މި މަހުގެ 28 ގައި އޮންނާނެ.---ހަވީރު ފައިލް ފޮޓޯ
ދިރާގުން 2013 ގައި ބޭއްވި ރޯޑް ރޭހުގައި ދުވަނީ: މި އަހަރުގެ ރޯޑް ރޭސް މި މަހުގެ 28 ގައި އޮންނާނެ.—ހަވީރު ފައިލް ފޮޓޯ

ދިރާގު މޯލްޑިވްސް ރޯޑްރޭސް 2015 މި މަހުގެ 28 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މީގެ ކުރިން 2015ވަނަ އަހަރުގެ ދުވުން 12 ޖޫން 2015ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް މިރޭސް ދެންނެވުނު ތާރީހަށް ނުބޭއްވުނީ ދިމާވި ތަފާތު ސަބަބުތަކަކާއި ގުޅިގެން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގާއި އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ދިރާގު މޯލްޑިވްސް ރޯޑްރޭސްގެ ނަމުގައި 2007ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން، މިރޭހަށް ކަނޑައެޅިފައިވާ 3000 ޖާގަ ވަނީ ރެޖިސްޓަރޭޝަންގެ ރަސްމީކޮން ބަނދުވުމުގެ 2 ދުވަސް ކުރިން ހަމަވެފައިކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މިހާތަނަށް ރަޖިސްޓަރީ ވެފައިތިބި ފަރާތްތަކަށް ދިރާގު މޯލްޑިވްސް ރޯޑްރޭސްގެ ހާއްސަ ބިބާއި، ޓީޝާޓު ދޫކުރުމަށް ހަމަޖެހިފައިވަނީ އޯގަސްޓު މަހުގެ 15،16 އަދި 17ގައެވެ. އަދި 17 އޯގަސްޓު 2015ވާ ދުވަހުގެ ނިޔަލަށް ބިބް ދިރާގުން ނުގެންދާ ބޭފުޅުންގެ ބިބްތައް ކެންސަލްކޮށް އަލުން ރެޖިސްޓަރ ކުރުމަށް ހުޅުވާލެވޭނެ ކަމަށާއި ދެވަނަ ބުރުގެ ރަޖިސްޓަރޭޝަން ކުރިއަށް ދާނީ އޯގަސްޓު 18- 21ގެ ނިޔަލަށް ކަމަށް ދިރާގުން ބުންޏެވެ.

ދެވަނަ ބުރުގެ ރެޖިސްޓަރޭޝަންގައި ދޫކުރެވޭނީ ހަމައެކަނި ކެންސަލްވާ ބިބް ނަނބަރުތައް ކަމަށާއި ދެވަނަ ބުރުގައި ރަޖިސްޓަރވާ ފަރާތްތަކަށް ބިބްދޫކުރުން އޮންނާނީ އޯގަސްޓު 23- 26ގެ ނިޔަލަށް ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ‘ކުޑަކުދިން ހިމާޔަތްކުރުން’ މި ޝިޔާރުގެ ދަށުން މުޖުތަމަޢުގައި އަޑު އުފުލާ އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ތަފާތު 8 (އަށެއް) ޖަމިއްޔާއަކާއި ގުޅިގެން ދިރާގުން ކުރިޔަށް ގެންދާ ވަރަށް މުހިންމު ޢިޖްތިމާއީ ހަރަކާތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.