އޭދަފުށީ އެމްޕީ ކަޕްގެ ނަމުގައި ބަށި މުބާރާތެއް ފަށައިފި

އޭދަފުށީ ދާއިރާގެ އެމްޕީ ކަޕް ގެ ނަމުގައި މިއަދުފެށީ ބަށި މުބާރާތުގެ ތެރެއިން --  ފޮޓޯ / ތޯރިގް
އޭދަފުށީ ދާއިރާގެ އެމްޕީ ކަޕް ގެ ނަމުގައި މިއަދުފެށި ބަށި މުބާރާތުގެ ތެރެއިން — ފޮޓޯ / ތޯރިގް

 

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުނު، ރަން ޔޫބީލް ފާހަގަކުރާ މުނާސަބަތާ ގުޅުވައިގެން “އޭދަފުށީ ދާއިރާގެ އެމްޕީ ކަޕް 2015” ގެ ނަމުގައި ބަށި މުބާރާތެއް މިއަދު ފަށައިފި އެވެ.

މި ބަށި މުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައި ވާއިރު އެއް ވަނަ އިނާމަށް 10،000ރ. އަދި ދެ ވަނައަށް ދާ ޓީމަކަށް 5،000ރ. ދޭނެ ކަމަށް މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޭދަފުށީ ކައުންސިލުގެ ކުރީގެ މެންބަރު އަބްދުލް ވާޙިދު ވިދާޅުވި އެވެ. ބަށި ރާނީ އަށް 1،000ރ ގެ ފައިސާގެ އިނާމެއްވަނީ ހުށަހަޅައިފަ އެވެ.

އޭދަފުށީ ދާއިރާގެ އެމްޕީ ކަޕް ގެ ނަމުގައި މިއަދުފެށީ ބަށި މުބާރާތުގެ ތެރެއިން --  ފޮޓޯ / ތޯރިގް
އޭދަފުށީ ދާއިރާގެ އެމްޕީ ކަޕް ގެ ނަމުގައި މިއަދުފެށި ބަށި މުބާރާތުގެ ތެރެއިން — ފޮޓޯ / ތޯރިގް

 

ވާހިދު ވިދާޅުވީ މި މުބާރާތަކީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމު) ގެ އިސްނެންގެވުމުގެ މަތިން ޕީޕީއެމް އޭދަފުށީ އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެއް ކަމަށެވެ. ނަމަވެސް މުބާރާތް ބާއްވާ ކުރިން އިއުލާން ކޮށްފައިވަނީ ޕީޕީއެމް އޭދަފުށި ގޮފީގެ ނަމުގަ އެވެ. އެނގިފައިވާ ގޮތުގައި އެ ނަމުގައި ގޮތްޕެއް ރަޖިސްޓްރީ ކޮށްފައެއް ނުވެ އެވެ.

މި މުބާރާތުގައި މިއަދު ދެ މެޗު ކުޅުނު އިރު، ފުރަތަމަ މެޗުގައި ޖީނައިން ކަންމައްޗާއި ދަނާލު ބަށި ޓީމު ކުޅުނު މެޗު ދަނާލު ޓީމު ކާމިޔާބުކުރި އިރު ދެ ވަނަ މެޗުގައި ފްރެންޑްސް ބައްދަލުކޮށް މޮޅުވީ އެމްއޭ ޔުނައިޓެޑް އެވެ.

ވާހިދު ވިދާޅުވީ މި މުބާރާތު ފައިނަލް ހުކުރު ދުވަހުގެ ހަވީރު އޮންނާނެ ކަމަށާއި މުބާރާތް ކުރިއަށް ދަނީ ވަރަށް ކާމިޔާބުކަމާ އެކުގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.