ކޮވިޑް-19: ދިރާގުން އިންޓަނެޓް ބޭނުންކުރުމަށް ކުރިޔަށްއޮތް ދެމަހަށް އިތުރު ލުއިފަސޭހަތަކެއް

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް، އަދި ގިނަ އަދަދެއްގެ މީހުން މިދުވަސްވަރު ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުން ކިޔެވުމަށާއި، އޮފީސް މަސައްކަތްކުރުމަށާއި، ޢާއިލާއާއި ރައްޓެހިންގެ ޙާލުބެލުމަށާއި، ވަގުތުން ވަގުތަށް މައުލޫމާތު ހޯދުމާއި މުނިފޫހިފުލުވުމަށްވެސް މިހާރު މިވަނީ އިންޓަނެޓަށް ބަރޯސާވާން ޖެހިފައިއެވެ.

This image has an empty alt attribute; its file name is eSim_300x280.jpg

އެހެންކަމުން، މި ދަނޑިވަޅުގައި ދިރާގުގެ ކަސްޓަމަރުންނަށް އެންމެ މުހިންމުވެފައިވާ އެއް ޚިދުމަތް ކަމަށްވާ އިންޓަނެޓް ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ދިރާގުން ދަނީ މާރިޗް މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސްއަދި ޑިސްކައުންޓް ދެމުންނެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން މިއަދު ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިޔަށް އޮތް ދެމަހަށް ދިނުމަށް ނިންމާފައިއެވެ .

މިގޮތުން، ހުރިހާ ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް ހިލޭދޭ  ޑޭޓާ އެލަވަންސް އިތުރުކޮށްދެވުމުން، 70% އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލިބޭ އެލަވަންސް މަދުވެގެން ދެގުނައަށް އިތުރުވެގެންދާނެއެވެ. އަދި މޯބައިލް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އިތުރުކޮށް ދިނުމުން، ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް މަދުވެގެން %50 އިތުރު ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑަށާއި މޯބައިލްއަށް ހިލޭޑޭޓާ ދީފައިވާ މައިގަނޑު ބައިތައް ތިރީގައި މިވަނީއެވެ. މީގެ އިތުރުން، އެކިއެކި ޕެކޭޖްތަކަށް ދޭ އެލަވަންސް، ބޫސްޓާރސް އަދި އެޑްއޯންސްއަށް ދޭ ޑިސްކައުންޓްގެ ތަފްސީލް ދިރާގު ވެބްސައިޓްގައި ޝާޢިއު ކުރެވޭނެއެވެ.

ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް

  • ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި %140 އާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވެންސް އެޕްރިލް އަދި މެއި މަހުގައި ދިނުމަށްވަނީ ނިންމާފައިއެވެ.
  • ހަމައެއާއެކު، މާރިޗް މަހު ހުރިހާ ބޫސްޓަރތަކަށް ދީފައިވާ %50 ޑިސްކައުންޓް އެޕްރީލު މަހުގައިވެސް ލިބިގެންދާނެއެވެ.

މޯބައިލް ކަސްޓަމަރުންނަށް

  • ދިރާގު ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އެޕްރިލު އަދި މެއި މަހު %50 އާއި %75 އާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ދޭންވަނީ ނިންމާފައިއެވެ.
  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ބައްލަވައިގަންނަވާ މަންތްލީ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ ދޭން ވަނީ ނިންމާފައިއެވެ.

މީގެ އިތުރުންވެސް، ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގާއިމުކޮށްފައިވާ ހުރިހާ ޓާސްކްފޯސް އޮޕަރޭޝަން ސެންޓަރުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދިރާގުން އުންމީދުކުރަނީ، މި ފޯރުކޮށްދީފައިވާ އިތުރުކުރެވުނެ ހިލޭ ޑޭޓާގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ދިރާގުން ކުރަމުންދާ ކަންތައްތަކުގެ އިތުރު މައުލޫމާތު ތިރީގައިއެވާ ލިންކުން ލިބޭނެ އެވެ.

https://www.dhiraagu.com.mv/supporting_our_community.aspx

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.