އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ ޑޭޓާ ހިލޭ

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭ އޮފާއެއް ފަށައިފިއެވެ.

This image has an empty alt attribute; its file name is eSim_300x280.jpg

އުރީދޫން ބުނީ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އާއި ގުޅިގެން އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިކަމަށާއި، ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، އިންޓަނެޓް މެދުވެރިކޮށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްވެސް ވަނީ މަޖުބޫރުވެފައިކަމަށެވެ.

އަދި މި ދަތިތަކަށް ލުއިކަމެއް ގެނެސްދީ، ގައިދުރުކަން ބަހައްޓާ، ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނަންގަވާފައިވާ އިސްނެގުމާއި އެއްގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުން ނަންގަވައިފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އެލަވަންސްއަކީ ކޯވިޑް-19 އާއި ގުޅިގެން ސުޕަރނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ %25 ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސްއެކެވެ. މި ޙާއްސަ އޮފރ އޭޕްރިލް މަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މުޅި ދުނިޔެއަށް ބެލިކަމުގައިވިޔަސް، އާއިލާތަކާއި ވިޔަފާރިތަކަށް ކުރިމަތިލާން ޖެހިފައި މިވަނީ މީގެ ކުރިން ތަޖުރިބާކޮށްފައިނުވާ އާ ގޮންޖެހުމަކާއި ކަމަށާއި އެ ކުންފުނިން ވެސް މިކަންކަމާއި ކުރިމަތިލާ ހިނދު، އެންމެ މުހިއްމު އިސްކަމެއް ދޭނީ އެންމެ އެކަށޭނެ ޚިދުމަތްތައް މެދުވެރިކޮށް ކޮވިޑް-19 ގެ އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކަށް އެޙިތެރިވުމަށް ކަމަށެވެ.

“މި ނާޒުކު ދަނޑިވަޅުގައި އެންމެހާ ފަރާތްތައް ގުޅުވައިދިނުމަށްޓަކައި، އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވަން.” ސީއީއޯ ވިދާޅުވިއެވެ.

އުރީދޫން ބުނީ ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރާ ގުޅިގެން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެ ގޮތުގެ މަތިން، މި އޮފަރ ތައާރަފް ކުރެވިފައި ވަނީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރަންޖެހިފައި ވުމާއެކު، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެފައިވާ އެދިލެއްވުމަކަށް ކަމަށްވެސް އުރީދޫން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.