ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ސްކޫލުތެރޭގައި– ފޮޓޯ / އިބްރާހިމް މުހައްމަދު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އަށް މިއަހަރު ވަނުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ މަރުކަޒުގެ ގްރޭޑް 11 އަށް ވަނުމުގެ ޝަރުތު ފުރިހަމަވާ ކުދިން އެޕްލިކޭޝަން ފޯމް ފުރުމަށްފަހު އަންނަ މާޗު މަހުގެ 31 ގެ ނިޔަލަށް އެ މަރުކަޒަށް ހުށަހަޅަން ޖެހެ އެވެ.

އެގޮތުން އެ އިއުލާނުގައި ބުނެފައިވަނީ މިއަހަރު އެ ސްކޫލުގެ ގްރޭޑް 11 އަށް ވަނުމަށް އެދޭ ކުދިންގައި ހުންނަންޖެހޭ ޝަރުތު ތަކުގެ ތެރޭގައި 2011ގެ ފަހުން ބޭއްވި ކޭމްބްރިޖް ޖީސީއީ އޯލެވެލް ނުވަތަ އައިޖީސީއެސްއީ އިމްތިހާނުން ކޮންމެވެސް އެއް ސްޓްރީމަކުން (ކޮމާސް ނުވަތަ ސައިންސް) ދަށް ވެގެން ދެ މާއްދާއިން ސީ ގްރޭޑް ލިބިފައިވުމާއެކު އިތުރު އެއް މާއްދާއިން ފާސްވެފައިވުން ހިމެނެއެވެ.

މީގެ އިތުރުން އެ މުއްދަތުގެ ފަހުން ބޭއްވި އެސްއެސްސީ އިމްތިހާނުން އިސްލާމު ނުވަތަ ދިވެހިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން ހިމެނެއެވެ. އަދި މިއަހަރުގެ ޖޫން މަހުގެ 1 އަށް 21 އަހަރު ނުފުރޭ ކުއްޖެއް ކަމުގައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ތައުލީމީ މަރުކަޒުން ބުނީ ގްރޭޑް 11 އަށް ވަނުމަށްއެދެ ފޯމް ސްކޫލުގެ އޮފީހުން މިހާރު ލިބެންހުންނާނެ ކަމަށެވެ. އަދި އެ ސްކޫލުގެ ވެބްސައިޓް އިން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ގްރޭޑް 11 އަށް ކުދިން ވަނުމުގެ ފުރުސަތު ހުޅުވާލިއިރު މިއަހަރު އޭލެވެލްއަށް ކިޔެވުމަށް ޝަރުތު ހަމަވާ ހުރިހާ ކުދިންނަށްވެސް އެ ފުރުސަތު ދޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި މިހާރު އެ ސްކޫލުގެ އޭލެވެލް ކްލާސްތަކުގައި 100 އަށްވުރެ ގިނަ ކުދިން ތައުލީމް ހާސިލުކުރަމުންދާކަމަށްވެސް އެ މަރުކަޒުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.