ދިރާގު ރޯޑް ރޭހަށް އަލުން ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފި

ދިރާގު ދިރާގު ރޯޑް ރޭސް 2014 ގެ ތެރެއިން - ވަގުތު އިމޭޖެސް
ދިރާގު ދިރާގު ރޯޑް ރޭސް 2014 ގެ ތެރެއިން – ވަގުތު އިމޭޖެސް

މިދިޔަ ޖޫން މަހު ބާއްވަން ހަމަޖެއްސި ދިރާގު ރޯޑް ރޭސް ފަސްކުރަން ޖެހުމުން، ކެންސަލްކުރަން ޖެހުނު ބިބް ނަންބަރުތަކަށް އަލުން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މަހު 28 ގައި ރޯޑް ރޭސް އަލުން ބާއްވަން ނިންމާފައި ވާއިރު ދިރާގުން ބުނި ގޮތުގައި މި ރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިރޭ ރޭ ދަންވަރު 12:00 ގެ ކުރިން ރަޖިސްޓާ ވާންޖެހޭނެ އެވެ.

ދިރާގުގެ މި އަހަރުގެ ރޯޑް ރޭސް ކުރިން ބާއްވަން އޮތީ މިދިޔަ ޖޫން 12ގަ އެވެ. އެހެން ނަމަވެސް މި އަހަރުގެ ނައިޓް މާކެޓްގެ މުއްދަތު ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން އިތުރު ކުރުމުން، ރޯޑް ރޭސް ބާއްވަން ކަނޑައެޅި ދުވަހާ ފުށުއަރާތީ، ރޯޑް ރޭސް ފަސްކުރީ އެވެ.

ދިރާގު ރޯޑް ރޭސް ފުރަތަމަ ބާއްވަން ކަނޑައެޅި ތާރީހާ ހަމައަށް ވަނީ، އެ ރޭހަށް ކަނޑައެޅި 3،000 ޖާގަ ފުލްވެފަ އެވެ. ނަމަވެސް ގިނަ ބަޔަކު އެ ރޭހުގައި ބައިވެރިވުމަށް އެދިފައިވާތީ އިތުރު ފުރުސަތެއް ހުޅުވާލީ އެވެ. ދެވަނަ ބުރުގެ ރެޖިސްޓްރޭޝަންގައި ދޫކުރަނީ ހަމައެކަނި ކެންސަލްވާ ބިބް ނަމްބަރުތަކެވެ.

ދިރާގު ރޯޑް ރޭސް ބާއްވަނީ “ކުޑަކުދިން ހިމާޔަތްކުރުން” މި ޝިއާރުގެ ދަށުން، ތަފާތު އަށް ޖަމިއްޔާއަކާ ގުޅިގެންނެވެ. އެއީ ކެންސަ ސޮސައިޓީ އާއި އާކާއި ކެއާ ސޮސައިޓީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކލް ޑިސޭބްލްސް (އެމްއޭޕީޑީ) އާއި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އާއި އޯޓިޒަމް އެސޯސިއޭޝަނާއި ބިއުޓިފްލް އައިސް އެންޑް ޑައުންސިންޑްރޮމް އެސޯސިއޭޝަން އަދި ނައިފަރު ޖުވެނައިލް އެވެ.

ދިރާގު ރޯޑް ރޭސް ބާއްވަން ފަށާފައި ވަނީ 2007ގަ އެވެ. މި ރޯޑް ރޭހަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު، އެ ދުވުން ވަނީ ބައިނަލްއަގްވާމީީ ދުވުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. އެގޮތުން މިދިޔަ އަހަރު ވެސް 31 ގައުމަކުން ދުވުންތެރިން ބައިވެރިވި ކަމަށް ދިރާގުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.