ތިމާވެށީގެ ގޮތުން ރާއްޖެއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ސްކޫލު ކުދިން އެކަންކަމަށް އަހުލުވެރިކުރުމުގެ ގޮތުން އިއްޔެ މާލޭގައި ފެށިގައުމީ ބޮޑު މަހާސިންތާ ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ޕްރެޒެންޓޭޝަނެއް ހުށަހަޅައިދެނީ. .
މިއީ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން “ދަރިވަރުންގެ ތިމާވެށީގެ ގައުމީ މަހާސިންތާ” ނަމުގައި ކުރިއަށްގެންދާ ދެ ދުވަހުގެ ޕްރޮގްރާމެކެވެ.
މާލޭގެ 17 ސްކޫލާއި ރަށްރަށުގެ 24 ސްކޫލަކުން 205 ދަރިވަރުން ބައިވެރިވި މި މަހާސިންތާގައި ދަރިވަރުން މަޝްވަރާކުރާނީ ވޭސްޓް މެނޭޖްމަންޓާއި ބަޔޯ ޑައިވާސިޓީއާ ކޯސްޓަލް މެނޭޖުމަންޓް އަދި ރިނިއުބަލް އެނާޖީ އާ ބެހޭގޮތުންނެވެ.