“އެމްޕީ ސަލީމް ބައިބަލާ 2015” ގެ ނަމުގައި ބައިބަލާ މުބާރާތެއް

އީދު ފެސްޓިވަލުގެ ބައިލބަލާ މުބާރާތުގެ ތެރެއިން. ބައެއް ޓީމުތަކަށް ފައިސާ ނުލިބިގެން ވަނީ ޝާކުވާ ކޮށްފައި-- ފައިލް ފޮޓޯ
މިދިޔަ ބޮޑު އީދު ފެސްޓިވަލުގެ ބައިބަލާ މުބާރާތުގެ ތެރެއިން. މިއަހަރުގެ ބޮޑޫއީދުގައިވެސް ބައިބަލާ މުބާރާތެއް ބާއްވަން ދަނީ ތައްޔާރުވަމުން– ފައިލް ފޮޓޯ

އަންނަ ބޮޑު އީދު ބަންދުގައި “އެމްޕީ ސަލީމް ބައިބަލާ 2015” ގެ ނަމުގައި އޭދަފުށީގައި ބައިބަލާ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މުބާރާތުން އިންތިޒާމުކުރާ ޓިމުގައި ހިމެނޭ ޒަޔާން އަބްދުﷲ ބުނީ މި މުބާރާތުގައި ބ. އަތޮޅުގެ ކޮންމެ ރަށަކަށްވެސް ޓީމުތައް ނެރެވޭނެ ކަމަށެވެ. މުބާރާތް ހުޅުވާލާފައިވަނީ 16 އަހަރުން މައްޗަށެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ދޫކުރާނީ އަންނަ ހޯމަދުވަހުން ފެށިގެންނެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް މި މުބާރާތާގުޅޭ ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރެވޭނެ އެވެ އަދި އޭދަފުށިން 7951898އާ ގުޅުމުން ފޯމް ލިބޭނެ ކަމަށްވެސް މުބާރާތް އިންތިޒާމު ކުރާ ފަރާތުން މައުލޫމާތު ދެ އެވެ.

މި މުބާރާތުން ވަނަތައް ހޯދާ ޓީމުތަކަށާއި ކުޅުންތެރިނަން ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް އަދި އާއްެމެއް ނުކުރެ އެވެ.

“އެމްޕީ ސަލީމް ބައިބަލާ 2015” ގެ ނަމުގައި ބައިބަލާ މުބާރާތެއް ބާއްވާން ތައްޔާރުވަމުންދާއިރު މި ހަފްތާ އޭދަފުށީގައި ވަނީ އެމްޕީ ސަލީމްގެ ނަމުގައި ބަށި މުބާރާތެއްވެސް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.