އޭދަފުށީގައި ބޮޑު ހިލަ ޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ރިވެޓްމެންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ހެނދުނު ކުރަނީ -- އީޓީ ފޮޓޯ./ ތޯރިގް
ރިވެޓްމެންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ހެނދުނު ކުރަނީ — އީޓީ ފޮޓޯ./ ތޯރިގް

ބ. އޭދަފުށީ ހިއްކި ސަރަހައްދު ހިމާޔަތްކުރަން ރިވެޓްމެންޓް ޖެހުމަށް ހިންގާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި އެެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވީ އެމްޓީ ހޯގާޑުން އެ ޕްރޮޖެކްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް އިއްޔެ ހެނދުނު ފަށާފައިވާ ކަމަށެވެ. ދެވަނަ ފިޔަވަހީގެ ދަށުން ރަށުގެ އިރުމަތީ ހިއްކި ސަރަހައްދު ވަށައިގެން ހުޅަނގު ދެކުނަށް ގާތްގަޑަކަށް 1300 އެއްހާ މީޓަރުގައި ރިވެޓްމަންޓް ޖަހާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ނެދަލޭންޑްސްގެ އެންމެ މަޝްހޫރު އެއް ކުންފުންޏާ، އޭދަފުށި ހިއްކި ސަރަހައްދު ވަށައިގެން ރިވެޓްމެންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރީ 62 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން އިރު އުތުރު ސަރަހައްދުގައި ރިވެޓްމަންޓަ ޖަހާފައި-- މި މަސައްކަތް އަންނަ މަހު ނިމޭނެ-- އީޓީ ފޮޓޯ/ ތޯރިގް
ފުރަތަމަ ފިޔަވަހީގެ ދަށުން އިރު އުތުރު ސަރަހައްދުގައި ރިވެޓްމަންޓަ ޖަހާފައި– މި މަސައްކަތް އަންނަ މަހު ނިމޭނެ– އީޓީ ފޮޓޯ/ ތޯރިގް

 

ރިވެޓްމަންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށިއިރު، ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރުވަނީ ގާތްގަޑަކަށް ނިމުމަކާ ހަމައަށް އައިސްފަ އެވެ. އެ މަސައްކަތް އަންނަ ސެޕްޓެމްބަރު މެދެއްހާތާ އެއްކޮށް ނިންމާލެވޭވަރު ވާނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރު ކެޕިޓަލު އިންވެސްޓްމަންޓުން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި، 22.8 މިލިޔަން ރުފިޔާގެ އެ ޕްރޮޖެކްޓް ނިމޭ އިރު، ހިއްކި ސަރަހައްދުގައި 875 މީޓަރުގެ ދިގުމިނުގައި ރިވެޓްމަންޓް ޖަހާނެ އެވެ.

އޭދަފުށީ ކައުންސިލުން ބުނީ، މި ޕްރޮޖެކްޓް އެއްކޮށް ނިމޭއިރު 2000 މީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.