އިންވެސްޓިގޭޝަން އޮފިސާ ކޯހުގެ 27 ވަނަ ބުރު އޭދަފުށީގައި ފަށައިފި

އައިއޯ ކޯސް ފެށުމުގެ ގޮތުން އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- / ފޮޓޯ / ޕޮލިސް
އައިއޯ ކޯސް ފެށުމުގެ ގޮތުން އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– / ފޮޓޯ / ޕޮލިސް

ފުލުހުންގެ ޓްރެއިނިން އިންސްޓިޓިއުޓުން ކުރިއަށްގެންދާ އިންވެސްޓިގޭޝަން އޮފިސާ ކޯހުގެ 27 ވަނަ ބުރު ބ. އޭދަފުށީގައި މިއަދު ފަށައިފި އެވެ.

އިންޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ޕޮލިސް އެކަޑަމީން ކޯސް ފެށުމަށްޓަކައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ބ. އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު އެވެ.

އައިއޯ ކޯސް ފެށުމުގެ ގޮތުން އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
އައިއޯ ކޯސް ފެށުމުގެ ގޮތުން އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް

 

މި ކޯހުގައި ބައިވެރިންނަށް ތަހުގީގު ކުރުމާގުޅޭ ގިނަ މޮޑިއުލުތަކާއި ފުލުުހުންގެ މަސައްކަތްތަކާއި ގުޅޭ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް ފަދަ މޮޑިއުލްތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފަސް މަސް ދުވަހަށް ހިންގާ އިންވެސްޓިގޭޝަން އޮފިސާ (އައިއޯ) ކޯހުގައި 46 މީހުން ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.