
ވިޔަފާރި އުސޫލުން މަސް ވިއްސައި އާލާކުރުމަށް ބ. އަތޮޅުގެ ފަޅެއް ފަޅުރަށަކާއެކު21 އަހަރަށް ކުއްޔަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ އެކުއާކަލްޗާކުރުމަށް ފަޅާއެކު ކުއްޔަށް ދިނުމަށް ހަމަޖައްސައިފައި ވަނީ ބ. ދަކަންދުއާއެކު މާފަރުފަޅެވެ. ބ. އަތޮޅުގެ ހުޅަނގު ބިތުގައި ގާތްގަނޑަކަށް 1450 ހެކްޓަރ ބޮޑު މި ފަރުގައި 700 ހެކްޓަރަށް ވުރެ ބޮޑު ފަޅެއް އޮވެއެވެ.
މާފަރު ފަޅުގައި މެރިކަލްޗާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން ފެބްރުއަރީ 26 ވަނަ ދުވަހު 10:00 ގައި އޮންނާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މާޗު މަހުގެ 26 ވަނަ ދުވަހުގެ 10:00 އަށް ޕްރޮޕޯސަލް ހުށަހަޅަންޖެހެ އެވެ.