މީރާގެ އޮފީހެއް އޭދަފުށީގައި ސެޕްޓެމްބަރު މަހު ހުޅުވަނީ

ގިނަ އަދަދެއްގެ ބަޔަކު ޓެކްސް ދެއްކުމަށް މީރާއަށް ޖަމާވެފައި: ރަށްރަށުގައި އޮފީސްތައް ހުޅުވަން އަންނަނީ މަސައްކަތް ކުރަމުން.
ގިނަ އަދަދެއްގެ ބަޔަކު ޓެކްސް ދެއްކުމަށް މީރާއަށް ޖަމާވެފައި: ރަށްރަށުގައި އޮފީސްތައް ހުޅުވަން އަންނަނީ މަސައްކަތް ކުރަމުން.

 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީހެއް ބ. އޭދަފުށީގައި ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި މި އަހަރުގެ ތެރޭގައި އެ އޮފީސް ހުޅުވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް މީރާ އިން ބުނެފި އެވެ.

މީރާގެ އޮފިޝަލަކު ވިދާޅުވީ އޭދަފުށީގައި މީރާގެ އޮފީހެއް ހުޅުވުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެ އޮފީސް ހުޅުވޭނެ ކަމަށްވެސް މީރާއިން ބުންޏެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މީރާގެ އޮފީހެއް އޭދަފުށީގައި ހުޅުވުމާ ބެހޭ ގޮތުން ކައުންސިލާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ އޮފީސް ގާއިމުކުރުމަށް އިމާރާތެއް ހަމަޖައްސާފައިވާ ކަމަށާއި އެ އޮފީސް ހުޅުވައި ހިދުމަތް އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަކަމަށް މީރާއިން ބުނެފައިވާ ކަމަށްވެސް އަތޮޅު ކައުންސިލުން ބުންޏެވެ.

މީރާގެ އޮފީހެއް އޭދަފުށީގައި ގާއިމުކުރުމަށް އަތޮޅު ކައުންސިލާ މަޝްވަރާ ކުރަނީ -- ފޮޓޯ / އަތޮޅު ކައުންސިލް
މީރާގެ އޮފީހެއް އޭދަފުށީގައި ގާއިމުކުރުމަށް އަތޮޅު ކައުންސިލާ މަޝްވަރާ ކުރަނީ — ފޮޓޯ / އަތޮޅު ކައުންސިލް

 

މީރާގެ އޮފީހެއް އޭދަފުށީގައި ހުޅުވުމުގެ ގޮތުން މުވައްޒަފުން ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް މީރާއިން ބުންޏެވެ.

މީރާގެ އޮފީހެއް ހދ. ކުޅުދުއްފުށީގަ އާއި އައްޑޫގައި ވެސް ވަނީ ހުޅުވައިފަ އެވެ. އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައިވެސް މީރާގެ ގޮފިތައް ހުޅުވަން ވަނީ ނިންމައިފަ އެވެ.

މީރާއިން ބުނީ އޭދަފުށީގައި ހުޅުވާ އޮފީހުން ވެސް ޓެކްސްގެ ފައިސާ ބަލައިގަތުން ފަަދަ ހިދުމަތްތައް ދެމުން ގެންދާނެ ކަމަށެވެ.

އަދި މާލޭގައި ހުންނަ ހެޑް އޮފީހުން ލިބޭ މައިގަނޑު ހުރިހާ ހިދުމަތްތަކެއް އަތޮޅު ތެރޭގައި ހުޅުވާ މީރާގެ އޮފީސްތަކުން ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.