ޔޫއެސް އެމްބަސީން އަތޮޅު ކައުންސިލަށް ފޮގް މެޝިނެއް ހަދިޔާކޮށްފި

ޔޫއެސް އެމްބަސީން ބ. އަތޮޅު ކައުންސިލަށް ފޮގު މެޝިން ހަދިޔާ ކުރަނީ-- ފޮޓޯ / އަތޮޅު ކައުންސިލް
ޔޫއެސް އެމްބަސީން ބ. އަތޮޅު ކައުންސިލަށް ފޮގު މެޝިން ހަދިޔާ ކުރަނީ– ފޮޓޯ / އަތޮޅު ކައުންސިލް

ޔޫއެސް އެންބަސީގެ ފަރާތުން ބ. އަތޮޅު ކައުންސިލަށް މަދިރިއަށް ބޭސްޖަހާ ފޮގް މެޝިނަކާއި އެއާ ގުޅޭ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.

ޑެންގީއަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ތުޅާދޫގައި ބޭއްވި ޕްރޮގްރާމެއްގެ ތެރެއިން ހަވާލުކުރި މި މެޝިނާ އެކު ސްޕްރޭ ކުރުމަށް ބޭނުންވާ 5 ސްޕްރޭ މެޝިނާއި އެއާގުޅޭ ބައެއް ސާމާނުވެސް ވެސް ވަނީ ހަދިޔާކޮށްފަ އެވެ.

ޑެންގީއަށް އާއްމުން ހޭލުންތެރިކުރުމަށް ތުޅާދޫގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ / އަތޮޅު ކައުންސިލް
ޑެންގީއަށް އާއްމުން ހޭލުންތެރިކުރުމަށް ތުޅާދޫގައި ކުރިއަށްގެންދިޔަ ޕްރޮގްރާމުގެ ތެރެއިން — ފޮޓޯ / އަތޮޅު ކައުންސިލް

 

އަދި ފޮގް މެޝިނާއި ސްޕްރޭ މެޝިން ބޭނުންކުރާނެ ގޮތުގެ މައުލޫމާތާއި އަމަލީ ގޮތުން އެތަކެތި ބޭނުންކުރާނެ ގޮތުގެ މައުލޫމާތުވެސް ވަނީ ފޯރުކޮށްދީފަ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ތުޅާދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ޔޫއެސް އެމްބަސީ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އަތޮޅު ހޮސްޕިޓަލުގެ ފަރާތުންވެސް ޑެންގޫ އާ ގުޅޭ މައުލޫމާތު ދީފައިވެ އެވެ.

އަތޮޅު ކައުންސިލުން ބުނީ މި ޕްރޮގްރާމަކީ އަތޮޅު ކައުންސިލާއި ތުޅަދު ކައުންސިލާއި އަތޮޅު ހޮސްޕިޓަލު އަދި ތުޅާދޫ ސްކޫލު ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ޔޫ.އެސް.އެމްބަސީގެ ފަރާތުން މައުލޫމާތު ފޯރުކޮށްދެއްވީ، އެ އެމްބަސީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ޔޫ.އެސް ނެވީގެ ކޮމާންޑަރ ޑެނިއަލް ގޯލްއާޓްއެވެ. އެމްއެންޑީއެފް ގެ ފަރާތުން މައުލޫމާތު ފޯރުކޮށްދެއްވީ ސްޓާފް ސާޖަންޓް ޢަބްދުﷲ ޝާހް އެވެ.

ތުޅާދޫއަކީ މިއަތޮޅުގައި މަދިރީގެ އުނދަގޫ އެންމެ ބޮޑުވެފައިވާ އެއް ރަށެވެ. ޚާއްސަ ކޮށް ޑެންގީ ހުން ފެތުރޭ ދުވަސްވަރު ކޮންމެ އަހަރަކުވެސް އެރަށުން ޑެންގީ ހުމުގެ ބޮޑެތި ކޭސްތައް ފެނިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.