ވަފާ ޖަމިއްޔާގެ އީދު ކުޅިވަރުތައް މިއަހަރުވެސް

ވަފާ ޖަމިއްޔާއިން މިދިޔަ އަހަރު ބޭއްވި ބޮޑޫމަސް ބޭނުމުގެ ކުޅުވަރުގެ ތެރެއިން. މިއަހަރުވެސް ބޮޑު އީދު ކުޅިވަރުތައް ބޭއްވުމަށް އެ ޖަމިއްޔާއިން މިހާރު ދަނީ ތައްޔާރުވަމުން-
ވަފާ ޖަމިއްޔާއިން މިދިޔަ އަހަރު ބޭއްވި ބޮޑުމަސް ބޭނުމުގެ ކުޅުވަރުގެ ތެރެއިން. މިއަހަރުވެސް ބޮޑު އީދު ކުޅިވަރުތައް ބޭއްވުމަށް އެ ޖަމިއްޔާއިން މިހާރު ދަނީ ތައްޔާރުވަމުން-

 

ކޮންމެ އަހަރެއްގެވެސް އަޟްހާ އީދު ބަންދުގައި އޭދަފުށީ ވަފާ ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އީދު ކުޅިވަރުތައް މިއަހަރުވެސް އޮންނާނެކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

“ހުޅަނގު އީދު އުފާ” ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތްތަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި މިއަހަރުގެ ކުޅިވަރުތައް ކުރީ އަހަރަށްވުރެ ފޯރި ގަދަވާނެ ކަމަށް ވަފާ ޖަމިއްޔާއން ބުންޏެވެ.
އީދުގެ ހަރަކާތްތަކުގެ ތެރޭގައި ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ ތިންމުގޯލި މުބާރާތަކާއި ވާދެމުމުގެ މުބާރާތަކާއި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ސަގާފީ ކުޅިވަރުތައް ހިމެނެ އެވެ. ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ކޯޑި ކެނޑުމާއި، މާލި ހިނގާލުމުގެ ހަރަކާތްތަކާއި ބޮޑުމަސް ކުޅުން ހިމެނެ އެވެ.

އީދު ފާހަގަ ކުރުމަށް ވަފާއިން މިދިޔަ އަހަރު ބޭއްވި ދެލި މާލި ހަރަކާތުގެ ތެރެއިން-- ފޮޓޯ / އަބޫ ޔައުލާ
އީދު ފާހަގަ ކުރުމަށް ވަފާއިން  ބޭއްވި ދެލި މާލި ހަރަކާތުގެ ތެރެއިން– ފޮޓޯ / އަބޫ ޔައުލާ

ވާފާއިން ބުނީ އެ ޖަމިއްޔާގެ މިއުޒިކް ބޭންޑުގެ ހަރަކާތްތައްވެސް އީދު ތެރޭގައި ކޮންމެ ރެއަކުވެސް ކުރިއަށްދާނެ ކަމަށެވެ.

ވަފާ ޖަމިއްޔާއިން އީދު ކުޅިވަރުތައް ބާއްވަން އިއުލާން ނިންމާފައިވާއިރު އޭދަފުށީ ޒުވާނުންގެ ކްލަބުންވެސް ބޮޑު އީދު ބަންދާ ގުޅުވައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް މިއަހަރުވެސް އޮންނާނެ އެވެ. އަދި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމުގެ ވާދައިގެ ތައްޓަށް ބަށި މުބާރާތެއް ބާއްވަންވެސް އެ ކުލަބުން ދަނީ ތައްޔާރުވަމުންނެވެ. އަދި އޭދަފުށީ ޒުވާނުންކޮޅެއް އިސް ނަގައިގެން “އެމްޕީ ސަލީމް ބައިބަލާ މުބާރާތް” ގެ ނަމުގައި ބައިބަލާ މުބާރާތެއްވެސް ބާއްވަން ވަނީ އިއުލާން ކޮށްފަ އެވެ.

ވަފާ ޖަމްއިއްޔާއިން ކޮންމެ އަހަރަކުވެސް އީދު އީދާ ދިމާކޮށް ސަގާފީ ކުޅިވަރުތައްދަނީ ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.