ދިރާގުގެ ޑޭޓާ ޕްލޭންތަކަށް ބަދަލު ގެނެސްފި

ދިރާގުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ދިރާގު
ދިރާގުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން – ފޮޓޯ: ދިރާގު

މޮބައިލް ޑޭޓާ ޕެކޭޖްތަކުން ލިބޭ މިންވަރު އިތުރުކޮށް، ޑޭޓާ ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ދިރާގުން ގެނެސްފި އެވެ.

އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް އެސިސްޓަންޓް މެނޭޖަރު އިމްޖާދު ޖަލީލު މިއަދު ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށް ހެޔޮ އަގުތަކުގައި ބޮޑެތި އެލަވަންސްގެ ޑޭޓާ ޕެކޭޖުތައް ލިބޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޑޭޓާ ޕެކޭޖުތަކުން ލިބޭ އެލަވަންސް ވެލިއު 40 ޕަސެންޓާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ދިރާގުގެ ޕްރޮޑަކްޓް އެގްޒެކެޓިވް އަހްމަދު އިޝާން ވިދާޅުވީ މޮބައިލް ޑޭޓާ އާއި ބްރޯޑްބޭންޑުގެ ޑޭޓާ ޕެކޭޖުތައް ބަހާލައިފައިވާ ޕަވާ ޕްލޭން، ޕަވާ ޕްލަސް ޕްލޭން އަދި ޕަވާ އެކްސްޓްރާއަކީ ކަސްޓަމަރުން ހިދުމަތް ބޭނުން ކުރާ ގޮތްތައް ބެލުމަށް ފަހު ފަރުމާކޮށްފައިވާ ޕްލޭންތަކެެއް ކަމަށެވެ.

ޕަވާ ޕްލޭނަކީ ފޯނުން ޑޭޓާ ބޭނުންކު ރާ މީހުންނަށް ހާއްސަ ޕެކޭޖުތަކެކެވެ. މި ޕްލޭނުގައި 500 އެމްބީއިން ފެށިގެން 15 ޖީބީއާ ހަމައަށް އެލަވަންސް ލިބޭ ޑޭޓާ ޕެކެޖްތައް ހިމެނެ އެވެ.

އިޝާން އަދި ވިދާޅުވި ގޮތުގައި ޕަވާ ޕްލަސް ޕްލޭނުގެ ޕެކޭޖްތަކަކީ ކޮންމެ މަހަކު ވެސް ވަކި އަދަދެއް ދައްކަން ބޭނުންވާ މީހުންނަށް އެ އަދަދަށް ވުރެ ހަރަދު ބޮޑުނުވާނެ ޕެކޭޖުތަކެކެވެ. މި ޕްލޭނުގައި ތިން ޖީބީން ފެށިގެން 100 ޖީބީގެ އެލަވަންސް ލިބޭ ޑޭޓާ ޕެކޭޖްތައް ހިމެނެ އެވެ.

ޕަވާ އެކްސްޓްރާއަކީ ކުދި ޑޭޓާ ޕްލޭންތައް ބޭނުން ކުރާ މީހުންނަށާއި ޕްރީޕެއިޑް ބޭނުން ކުރާ މީހުންނަށް އަދި ދިރާގުގެ ޑޭޓާ ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕްލޭނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.