ރިސޯޓް ވޮލީ މުބާރާތުގެ ޒޯން 5ގެ ކުޅުން އަންނަ މަހު ފަށަނީ

10373633_10152492032531518_8047665703501841539_n

ރިސޯޓްތަކުގެ މެދުގައި ކުޅެވޭ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް ކަމަށްވާ އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންނަ ހަފުތާގެ އަންގާރަ ދުވަހު ފަށަން ވޮލީބޯލް އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ

ހަތަރު ޒޯނެއްގެ މެދުގައި މިފަހަރު ކުރިއަށްދާ މި މުބާރާތުގައި އަންނަ މަހު 8 ވަނަ ދުވަހު ޒޯން ފަހެއްގެ ކުޅުން ފަށާއިރު، ފުރަތަމަ މެޗުގައި ބ. އަތޮޅުގައި އޮންނަ ސޮނޭވާފުށި ރިސޯޓް ބައްދަލުކުރާނީ މި އަތޮޅު އަމިއްލަފުށި ރިސޯޓްއާ ކަމަށް ހަވީރުގައިވެއެވެ.

މި ޒޯންގައި ދެން ވާދަކުރަނީ ބ. އަތޮޅުގައި އޮންނަ ފޯ ސީޒަންސް މޯލްޑިވްސް ލަނޑާ ގިރާވަރު އާއި ހަމަ މި އަތޮޅުގެ އަނަންތަރާ ކިހާވަށް ވިލާސް އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ރޯޔަލް އައިލެންޑް ރިސޯޓުން މިއަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެ އެވެ.

މި ޒޯންގެ މެޗުތައް ކުޅޭނީ ސޮނޭވާފުއްޓާއި ފޯ ސީޒަންސް އަދި އަނަންތަރާގަ އެވެ. ފައިނަލް ކުޅޭނީ އަންނަ މަހު 17ގަ އެވެ.

ޒޯން ބުރު އަންނަ މަހު 20 ގައި ނިންމާލުމަށްފަހު ޒޯން ޗެމްޕިއަންސް ލީގަށް ތައްޔާރުވުމަށް ޓީމުތަކަށް 8 ދުވަހުގެ ބްރޭކެއް ދޭނެ އެވެ. ދެ ލެގުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ މަހު 29 އާއި 30 އަދި އޮކްޓޫބަރު 2 އާއި 3 ގަ އެވެ.

ޒޯން ޗެމްޕިއަންސް ލީގުގެ ފައިނަލު ކުޅޭނީ އޮކްޓޫބަރު މަހު 6 ވަނަ ދުވަހު އެވެ.

މިފަހަރުގެ މުބާރާތުގެ ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.