ރިިވެޓްމަންޓް ޖަހާ ގޮތާމެދު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި

އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން -- އީޓީ ފޮޓޯ
އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން — އީޓީ ފޮޓޯ

ބ. އޭދަފުށީ ހިއްކި ސަރަހައްދު ހިމާޔަތްކުރަން ރިވެޓްމެންޓް ޖެހުމަށް ހިންގާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާގޮތާމެދު ހިތްހަމަ ނުޖެހިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އޭދަފުށީ ރިވެޓްމަންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް އެމްޓީ ހޯގާޑުން ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ކުންފުނިން ރަށުގެ އިރު ދެކުނުން ހުޅަނގަށް 1300 އެއްހާ މީޓަރުގައި ބޮޑުހިލަ ޖަހާނެ އެވެ.

“އީޓީ” އާ ވާހަކަދެއްކި މިރަށުގެ ބައެއް މީހުން ބުނިގޮތުގައި ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ ފެންވަރު ވަރަށް ދަށެވެ. އަދި ބަދަލުތަކެއް ނުގެނަސް އެކަން އެގޮތަށް ކުރަމުންދާނަމަ މާގިނަ ދުވަސްތަކެއް ނުވަނީސް ހިއްކި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބޭ އެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް ބައެއް އާއްމުންވަނީ ކައުންސިލަށްވެސް ހުށަހަޅައިފަ އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވީ ރިވެޓްމަންޓްޖެހުމުގެ މަސައްކަތުގެ ފެންވަރުދަށްކަމަށް ބުނެ އާއްމުންގެ ޝަކުވާތައް ކައުންސިލަަށް ލިބިފައިވާ ކަމަށެވެ.

އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން -- އީޓީ ފޮޓޯ
އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން — އީޓީ ފޮޓޯ

 

އަލީ ވަހީދު ވިދާޅުވީ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދުގައި ހިލަ ޖެހުމުގެ މަސައްކަތް ކުރަމުންދާ އެމްޓީ ހޯގާޑުން މަސައްކަތް ކުރަމުންދާ ގޮތް ކަމުނުދާތީ، މަސައްކަތް ރަނގަޅު ކުރުމަށް މިދިޔަ ހޯމަ ދުވަހު ހައުސިން މިނިސްޓްރީއަށް ލިޔުމުން ހުށަހަޅާފައިވާނެ ކަމަށެވެ.

“މިކަމުގައި ރައްޔިތުންގެ ޝަކުވާތައް ހުރިހަމަށް މިހާރުވާނީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައި. އަދި އެކަންކަން ރަނގަޅު ނުކުރާނަމަ ރައްޔިތުން ނުކުމެ އެކަން ހުއްޓީވަދެން ކައުންސިލުން ރައްޔިތުން ނުހުއްޓުވޭނެ ކަމަށްވެސް އަޅުގަނޑުމެން ވާނީ ދަންނަވާފައި. އެހެންވެ ރައްޔިތުން ނުކުތުމުގެ ކުރިން އެކަމަށް ފިޔަވަޅު ނޭޅިއްޖެ އެ މަސައްލަ ނުކުންނާނެ،” އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ރިވެޓްމެންޓްގެ ޖެހުމުގެ މަސައްކަތުގެ ފެނަވްރުދަށްކަން ކައުންސިލަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ.

“ފުރަތަމަ ފިޔަވަހީގެ ދަށުން ހިލަ ޖަހަމުން އެދަނީ 1300 އެމްއެމް ބޯ މިނުގައި، އެކަމު މިހާރު އެ ޖަހަނީ 600 އެމްއެމް ބޯ މިނުގައި. އަދި ވަރަށް އާދައިގެ ހިލަ ގިނައިން ބޭނުންކޮށްފަ ހުންނަނީވެސް، ހިލަ ޖެހުމުގެ ކުރިން 1.2 މީޓަރު ކޮންނަން ޖެހޭނެ. އެކަންވެސް ނުކޮށް މަސައްކަތްކުރާ ކަމަށް ފާހަގަ ކުރެވެނީ،” އަލީ ވަހީދު ވިދާޅުވި އެވެ.

އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން -- އީޓީ ފޮޓޯ
އޭދަފުށީގައި ދެވަނަ ފިޔަވަހީގެ ދަށުން ރިވެޓްމަންޓަ ޖެހުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން — އީޓީ ފޮޓޯ

 

އެހެން ނަމަވެސް އޭދަފުށީ ކައުންސިލުން ބުނީ ކޮންޓްރެކްޓަރު އެ މަސައްކަތް ކުރަމުންދަނީ ސަރުކާރުން ދީފައިވާ ކުރެހުމުގައިވާ މިންގަޑުތަކާއި އެއްގޮތަށް ކަމަށެވެ. އެހެންވެ ސަރުކާރު މެދުވެރިކޮށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް ރަށު ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނި މި ކަމުގައި މަޝްވަރާ ކުރުމަށްޓަަކައި ހައުސިން މިނިސްޓްރީގެ ޓީމެއް މިއަދު އޭދަފުއްޓަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.