ބ. އަތޮޅުގެ 8 ރަށެއްްގައި ބަށި ކޯޓް އެޅުމަށް އެމްއާރުޑީސީއާ ހަވާލުކޮށްފި

މިދިޔަ ބޮޑޫއީދުގައި އޭދަފުށީގައި ބަށި ކުޅެނީ.. މިއަތޮޅުގެ އަށް ރަށެއްގައި ބަށި ކޯތް އެޅުމަށް މިއަދުވަނީ  ބަޔަކާ ހަވާލުކޮށްފައި --- ފައިލް ފޮޓޯ
މިދިޔަ ބޮޑޫއީދުގައި އޭދަފުށީގައި ބަށި ކުޅެނީ.. މިއަތޮޅުގެ އަށް ރަށެއްގައި ބަށި ކޯތް އެޅުމަށް މިއަދުވަނީ ބަޔަކާ ހަވާލުކޮށްފައި — ފައިލް ފޮޓޯ

 

ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅުގެ 8 ރަށް ހިމެނޭ ގޮތަށް 82 ރަށެއްގައި ބަށި ކޯޓް އެޅުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ ކުޅިވަރާ ބެހޭ މިނިސްޓްރީން ހަވާލުކޮށްފި އެވެ.

ބަށި ކޯޓުތަކުގެ އިތުރުން 22 ރަށެއްގައި ފުޓްސަލް ދަނޑުތައް އެޅުމަށްވެސް މިއަދުވަނީ އެމްއާރުޑީސީ އާ ހަވާލުކޮށްފަ އެވެ. ނަމަވެސް ދެވަނަ ފިޔަވަހީގެ ފުޓްސަލް ދަނޑު އަޅާ ރަށްތަކުގެ ތެރޭގައި މިއަތޮޅުގެ އެއްވެސް ރަށެއް ނުހިމެނެ އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު އެވެ. އެމްއާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.

މި އެއްބަސްވުމުގެ ދަށުން ބ. އަތޮޅުގައި ބަށިކޯޓް އަޅަނީ ކުޑަރިކިލު، ކެންދޫ، މާޅޮސް، ދަރަވަންދޫ، އޭދަފުށި، ހިތާދޫ، ތުޅާދޫ އަދި ގޮއިދޫ ގައެވެ.

ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު (ވ) އާއި އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެއްބަސްވުމުގައި ސޮއިކުރައްވަނީ. -- ހަވީރު ފޮޓޯ: ނިޝާން އަލީ
ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު (ވ) އާއި އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެއްބަސްވުމުގައި ސޮއިކުރައްވަނީ. — ހަވީރު ފޮޓޯ: ނިޝާން އަލީ

 

ކުޅިވަރާ ބެހޭ މިނިސްޓަރު ޒުހޫރު ވިދާޅުވީ ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ވަސީލަތްތައް ގާއިމު ކޮށްދިނުމުގެ މަސައްތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް އިތުރު ރަށްތަކުގައި ބަށި ކޯޓާއި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ އެ ކުންފުނީގެ ސައިޓްތައް ގިނަ ރަށްތަކުގައި މިހާރުވެސް ހުރުމުން ދީފައިވާ މުއްދަތުގެ ތެރޭގައި ފުޓްސަލް ދަނޑުތަކާއި ބަށި ކޯޓްތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ގަބޫލު ކުރާކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.