ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 35 ވަނަ އަހަރީދުވަސް ފާހަގ ކުރުމަށް ސްކޫލުތެރެ ޒީނަތްތެރިކޮށްފައި — ފޮޓޯ / ބ.އތމ

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ސްކޫލުގައި ހަރަކާތްތަކެއް ފަށައިފި އެވެ.

އަހަރީ ދުވަހާ ގުޅުވައިގެން އެ ސްކޫލުގައި މިއަދު ހެނދުނުވަނީ ހާއްސަ އެސެމްބްލީ އެއް ބާއްވައިފައެވެ. އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ނޯތް ޕޮލިސް ޑިވިޒަންގެ  ކޮމާންޑަރ އިންސްޕެކްޓަރު އޮފް ޕޮލިސް އިޒްމިއާ ޒާހިރު އެވެ.

ސްކޫލުން ބުނީ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ބެލެނިވެރިންނާއި ދަރިވަރުންނާއި އަދި ޓީޗަރުން ގުޅިގެން ބާއްވާ ކުޅިވަރު ހަވީރެއްވެސް އޮންނާނެ ކަމަށެވެ. އަދި އަހަރީ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު އޯލެވެލްހެދި ދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ބާއްވާ ހާއްސަ ހަފްލާއެއްވެސް މިރޭ އެ ސްކޫލުގައި އޮންނާނެކަމަށް ތައުލީމި މަރުކަޒުން ބުނެއެވެ.

އޭލެވްލް ފެންވަރަށް ކިޔަވައިދެމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިހާރު 700 އަށްވުރެ ގިނަކުދިން ކިޔަވަމުން ދެއެވެ. އެ ސްކޫލު ހުޅުވާފައި ވަނީ 24ފެބްރުއަރީ 1978 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Rashu Soru

    ޒީނަތްތެރި ކުރިޔަސް މީދެން ތަންފުކެއް ބޮޑުވަރު. މީގެން މިދައްކުވައިދެނީ ތަޢުލީމީ މަރުކަޒުގެ ހާލަތު، ކީއްކުރާނީ؟؟؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.