ކަމަދޫ އާއި ކިހާދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް ހިންގައިފި

ކަމަދޫ އާއި ކިހާދޫ ގައި ކުރިޔަށް ގެންދެވުނު ޕްރޮގްރާމް ތަކުގެ ތެރެއިން
ކަމަދޫ އާއި ކިހާދޫ ގައި ކުރިޔަށް ގެންދެވުނު ޕްރޮގްރާމް ތަކުގެ ތެރެއިން

 

ބ. އަތޮޅުގެ ރަށްރަށުގައި ރައްކާތެރިކަން ދަމަހައްޓައި ޖިނާޢީ މައްސަލަތައް މަދުކޮށް ޤާނޫނުތަކަށް އަހުލުވެރި ކުރުވުމަށް ބ. އަތޮޅު ކައުންސިލްގެ އިސްނެގުމާއެކު ބ. އަތޮޅު ޕޮލިސް ސްޓޭޝަނުން ބ. ކަމަދޫ އަދި ކިހާދޫގައި ހޭލުންތެރި ކަމުގެ ޕްރޮގްރާމުތަކެއް ހިންގައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ކަމަދޫ އެ ދެ ރަށުގައި ވަކި ވަކިން ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްތަކުގައި ބެލެނިވެރިންނަށާ ސްކޫލު މަދްރަސާތަކުގެ ދަރިވަރުންނަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ގެވެށި އަނިޔާގެ ޤާނޫނާ ޢާއްމު އިޖުތިމާއީ މިންގަނޑުތަކުގެ ޤާނޫނުގެ މަޢުލޫމާތު ދިނުމުގެ އިތުރުން މަސްތުވާ ތަކެތީގެ ނުރައްކަލުން ސަލާމަތްވެ ތިބުމާ އެފަދަ ކަންކަމަށް އަރައި ނުގަތުމަށް ކުރެވެން ހުރި ކަންތައް ތަކާ ގުޅޭ މަޢުލޫމާތުން ވަނީ ދީފައެވެ.

މި ޕްރޮގްރާމްތައް ހިންގުމުގައި ކަމަދޫ އާއި ކިހާދޫ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.