ކެއާ ސޮސައިޓީއަށް ބޭނުންވާ ވަސީލަތްތަކެއް ދިރާގުން ހަދިޔާކޮށްފި

ކެއާ ސޮސައިޓީއަށް ހަދިޔާކުރި ވަސީލަތްތައް ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު (ކ) ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑުގެ ވައިސް ޗެއާމަން އިސްމާއިލް އާދަމް މަނިކު (ވ) އާ ހަވާލުކުރައްވަނީ-- ހަވީރު ފޮޓޯ: ނިޝާން އަލީ
ކެއާ ސޮސައިޓީއަށް ހަދިޔާކުރި ވަސީލަތްތައް ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު (ކ) ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑުގެ ވައިސް ޗެއާމަން އިސްމާއިލް އާދަމް މަނިކު (ވ) އާ ހަވާލުކުރައްވަނީ– ހަވީރު ފޮޓޯ: ނިޝާން އަލީ

ކެއާ ސޮސައިޓީގެ ކެއާ ޑިވެލޮޕްމަންޓު ސެންޓަރު (ސީޑީސީ) ގައި ކިޔަވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ މުހިންމު ވަސީލަތްތަކެއް ދިރާގުން އެ ޖަމްއިއްޔާ އަށް  ހަދިޔާ ކޮށްފި އެވެ.

ކެއާ ސޮސައިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު ދެއްވި ތަކެއްޗާ ހަވާލުވީ ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ބޯޑުގެ ވައިސް ޗެއާމަން އިސްމާއިލް އާދަމް މަނިކު އެވެ.

ދިރާގުން ސީޑީސީ އަށް އިއްޔެ ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމް، ލެޕްޓޮޕް، އައިޕެޑް، ޓެބްލެޓް، ޕްރިންޓަރު އަދި ސްޕީކަރު ހިމެނެ އެވެ. އަދި ވޮކޭޝަނަލް ކްލާސްތަކަށް ބޭނުންވާ ބައެއް ތަކެތި ވެސް ހަދިޔާކުރި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ޖަމްއިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ނައުޝާން މުހައިމިން ވިދާޅުވި ގޮތުގައި ސީޑީސީ މިހާރު 14 ކުއްޖަކު ކިޔަވަމުން ދެ އެވެ. އަދި މި ކުދިންނަށް އިތުރު ކްލާސްތަކެއް ނަގައިދިނުމުގެ މަސައްކަތް ކުރަމުންދާ އިރު ދިރާގުގެ އެހީއަކީ މި މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބުނު ހިތްވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ޗީފް އެގްޒެކެޓިވް ވިދާޅުވި ގޮތުގައި މިފަދަ އެހީތައް ވުމަކީ ހުރިހާ އެންމެންގެ ވެސް ފަރުދީ ޒިންމާ އެކެވެ. އަދި މިފަދަ ކުދިންނަށް ކިޔަވައިދިނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ކެއާ ސޮސައިޓީއަށް ބޭނުންވާ އެހީތެރިކަން ވެދެވެން އޮތް ވަރަކަށް ދިރާގުން ވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ތަކެއްޗަކީ އެ ސޮސައިޓީއަށް ބޭނުންޖެހިފައިވާ ވަސީލަތްތަކެއް ކަމަށާއި ދަރިވަރުންނަށް ކިޔަވައިދިނުމުގައި އެ އެއްޗެހި ވަރަށް މުހިންމު ރޯލެއް އަދާ ކުރާނެ ކަމަށް ކެއާ ސޮސައިޓީން ބުންޏެވެ.

މި ރަސްމިއްޔާތުގައި ކެއާ ސޮސައިޓީއިން ވަނީ ސީޑީސީގެ ދަރިވަރުންގެ ކުރެހުމެއް ދިރާގަށް ހަދިޔާ ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.