ދިރާގުން އިންޓަނެޓް ޕެކެޖްތަކުގެ އަގު ހެޔޮކޮށް، އެލަވެންސް އިތުރުކޮށްފި

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ދިރާގުގެ އޮފިޝަލުން ވާހަކަދައްކަވަނީ: ބްރޯޑްބޭންޑް އިންޓަނެޓުގެ ނުވަ ޕްކޭޖެއްގެ އަގު މިހާރު ވަނީ ހެޔޮ ކޮށްފައި.-- ހަވީރު ފޮޓޯ: ނިޝާން އަލީ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ދިރާގުގެ އޮފިޝަލުން ވާހަކަދައްކަވަނީ: ބްރޯޑްބޭންޑް އިންޓަނެޓުގެ ނުވަ ޕްކޭޖެއްގެ އަގު މިހާރު ވަނީ ހެޔޮ ކޮށްފައި.– ހަވީރު ފޮޓޯ: ނިޝާން އަލީ

ބްރޯޑްބޭންޑް އިންޓަނެޓު ޕެކެޖްތަކުގެ ސްޕީޑް އަވަސްކޮށް، ހިލޭ ލިބޭ އެލަވެންސް އިތުރުކޮށް، އެ ޕެކޭޖުތަކުގެ އަގުތައް ދިރާގުން ހެޔޮކޮށްފި އެވެ.

އެ ކުންފުނީގެ މެނޭޖަރު މާކެޓިން މުހައްމަދު ފާރިހް ވިދާޅުވީ ބްރޯޑްބޭންޑް އިންޓަނެޓުގެ ނުވަ ޕްކޭޖެއްގެ އަގު މިހާރު ވަނީ ހެޔޮ ކޮށްފައި ކަމަށެވެ. އަދި ދެ ޕެކެޖް ފިޔަވައި އެހެން ހުރިހާ ޕެކެޖެއްގެ ހިލޭ ލިބޭ ޑޭޓާ އެލަވަންސް އިތުރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދިރާގުގެ އިންޓަނެޓް ޕެކޭޖުތަކަށް ގެނައި ބަދަލުތައް.
ދިރާގުގެ އިންޓަނެޓް ޕެކޭޖުތަކަށް ގެނައި ބަދަލުތައް.

ދިރާގުގެ ޑިރެކްޓަރު މާކެޓިން އަހުމަދު މައުމޫން ވިދާޅުވީ ބްރޯޑްބޭންޑް ޕެކެޖްތަކުގެ ސްޕީޑް މިހާރު ފެށޭނީ ދެ އެމްބީޕީއެސް އިންނެވެ.
އޭނާ ވިދާޅުވީ ކުރިން 512 ކޭބީޕީއެސްގެ ޕެކޭޖްގެ އަގުގައި މިހާރު ދެ އެމްބީޕިއެސްއާ ހަމައަށް ސްޕީޑް ލިބޭނެ ކަމަށެވެ.

ދިރާގުން ގެނައި ބަދަލުތަކާ އެކު ދިރާގުގެ ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތުގެ ސްޕީޑް ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާ ހަމައަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި 15 ޖީބީން ފެށިގެން 350 ޖީބީއާ ހަމައަށް ހިލޭ ޑޭޓާ އެލަވަންސް ލިބޭނެ ކަމަށް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.