އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން މިއަތޮޅުގައި އެއާޕޯޓް ހިންގާ ދަރަވަންދޫއާއި ކައިރި ރަށްތަކަށް ކާގޯ އެޖެންޓުން ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދަރަވަންދޫ އާއި ކައިރި ރަށްތަކުން ކާގޯ ސޭލުސް އެޖެންޓުންގެ ހިދުމަތް ފޯރުކޮށް ދޭން ނިންމާފައިވާތީ މިކަމަށް އެޖެންޓުން އައްޔަން ކުރަން ބޭނުންވާ ކަމަށެވެ.
އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި ހަވީރު 3:00 އާ ދެމެދު މޯލްޑިވިއަންގެ ހެޑްއޮފީސް ނުވަތަ ދަރަވަންދޫ ސްޓޭޝަނަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މާލެއިންނަމަ އެ ކުންފުނީގެ ހެޑް އޮފީހަށް އަދި ދަރަވަންދޫންނަމަ އެރަށުގައި ހުންނަ އައިލެންޑް އޭވިއޭޝަންގެ އޮފީހަށެވެ.