ރޯޔަލް ޓްރެވަލް އިން ބ. އަތޮޅާ މާލެއާ ދެމެދު ދަތުރުކުރަން ބޭނުންވާ މީހުންނަށް ފެރީ ދަތުރުގެ ޚިދުމަތްދޭން ފަށައިފި އެވެ.
ބ. އަތޮޅުގެ އުތުރުބިތުގެ ރަށްތަކަށް ފެރީ ދަތުރުތައް ފެށި ރޯޔަލް ޓްރެވަލް އިން ބުނީ ހަފްތާގެ ކޮންމެ ދުވަހަކުވެސް ފެރީ ދަތުރު ކުރާނެ ކަމަށެވެ. މި ދަތުރުތައް ކުރާއިރު މާލެއިން ފުރާނީ ކޮންމެ ދުވަހަކު މެންދުރު 1:30 ގައެވެ. އަދި ބ. އަތޮޅުން ފުރަނީ ހެނދުނު އެވެ. ޓިކެޓް ވިއްކަނީ ކޮޅަކަށް 350 ރުފިޔާ އަށެވެ.
ބ. އަތޮޅުގެ އިތުރުން ރ. އަތޮޅުގެ ރަށްތަކަށްވެސް ރޯޔަލް ޓްރެވަލްގެ ދަތުރުތައް ދަނީ ބާއްވަމުންނެވެ.
ދަތުރު ކުރުމުގެ ތަޖުރިބާ ލިބިފައިވާ ރޯޔަލް ޓްރެވަލްސް އިން މީގެ ކުރިން ވަނީ ށ އަދި ނ އަތޮޅަށް ވެސް ދަތުރުތައް ބާއްވާފައެވެ.
ރޯޔަލް ޓްރެވަލް ގައި މިއަހަރުގެ ނިޔަލަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްކަށް އުމުރު ދަތުރެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފަ އެވެ.
ރޯޔަލް ޓްރެވަލް ބ. އަތޮޅުގެ ހޮޓްލައިންތައް
– ކެންދޫ (9163883)
– ކުޑަރިކިލު (9190924)
– ކިހާދޫ (7796570)
– ދޮންފަނު (7925190)
-ދަރަވަންދޫ (79684246)
-މާޅޮސް ( 7506183)
-އޭދަފުށި (7509993)
ރޯޔަލް ތްރެވަލް އިން ބ. އަތޮޅާ މާލެއާ ދެމެދު ފެރީ ދަތުރުތައް ފެށިއިރު ޔޫސުފް ސްޕީޑް އާއި ސޭލަމް އަދި އެޓޯލް ކިއުޓް ފެރީ ސާވިސަސް އިން ފެރީ ލޯންޗުގެ ހިދުމަތް އަންނަނީ ދެމުންނެވެ.