އަލީ ވަހީދު އިސްތިއުފާ ނުދެއްވާ ނެންގެވީ ޗުއްޓީއެއް

އަލީ ވަހީދު. ކައުންސިލުން އިސްތިއުފާ ދެއްވަން އޭނާ ވަނީ ނިންމަވާފައި.-- ފައިލް ފޮޓޯ
އަލީ ވަހީދު.

މިދިޔަ މަސް ނިމުމުގެ ކުރިން ބ. އޭދަފުށީ ކައުންސިލުން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވެ، އިސްތިއުފާ ނުދެއްވައި އޭދަފުށީ ކައުންސިލުގެ ރައީސް އަލީ ވަހީދު ދިގު ޗުއްޓީއެއް ނަންގަވައިފި އެވެ.

އަލީ ވަހީދު ކުރިން ވިދާޅުވީ އޯގަސްޓްމަހުގެ ތެރޭ ކައުންސިލްގެ ރައީސްކަމާއި ކައުންސިލަރު ކަމުން ވެސް އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި އެގޮތަށްނިންމެވީ، އަލީ ވަހީދު ވިދާާޅުވި ގޮތުގައި ކައުންސިލު ތެރެއިން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު އޭނާ އަށް ނުލިބޭތީ އެވެ.

އަލީ ވަހީދު އިސްތިއުފާދެއްވަން ނިންމެވުމާ ގުޅިގެން ރަށުގެ ގިނަ ބައެއްގެ އެދުމެގެ މަތިން އެ ނިމުން އޭނާ މިހާރު ވަނީ ބަދަލު ކޮށްފައެވެ.

އަލީ ވަހީދު މިހާރު ވިދާޅުވުވަނީ އިސްތިއުފާދެއްވާނީ ކައުންސިލުގެ ރައީސް ކަމުން އެކަނި ކަމަށާއި ގިނަ ބައެއްގެ އެދުމުގެ މަތިން ދައުރު ނިމެންދެން ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ހުންނަވާނެ ކަމަށެވެ.

“ޗުއްޓީ ނިމުމަށްފަހު އިސްތިއުފާ ދޭނީ ކައުންސިލުގެ ރައީސް ކަމުން. ގިނަ ބައެއްގެ އެދުމުގެ މަތިން އެގޮތަށް ނިންމީ. ކައުންސިލުގައި އޮންނަ ޖަލްސާތަކުގައި ބައިވެރިވާނަން،” އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ ކުރިންވެސް އަލީ ވަހީދު ކައުންސިލުން އިސްތިއުފާ ދެއްވަން އުޅޭ ކަމަށް އެކި ފަހަރުމަތިން އަޑުފެތުރިފައިވެ އެވެ.

ކައުންސިލުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ނުލިބޭކަމަށް ވިދާޅުވެ، އިސްތިއުފާދެއްވަން އަލީ ވަހީދު ނިންމާފައިވާއިރު އޭދަފުށީ ކައުންސިލަކީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެ ކައުންސިލުގައި މިހާރު ތިއްބަވަނީ އަލީ ވަހީދާއެކު ޕީޕީއެމްގެ ހަތަރު ކައުންސިލަރުންނާއި އެމްޑީއޭ އަދި އެމްޑީޕީގެ ކައުންސިލަރެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. hassan

    އަލީވަހީދަށް މިހާރު އިހުސާސްވަނީ ކުޑޭމެން ގެ މަސައްކަތް މިހާރު މެކުހަށް ޖަހައިފަވެ. ފޮނިކޮޅުޯލަފާނެތީ އަލީވަހީދު އިސްތިއުފާ ނުދެއްވާނެއވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.