ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު ބައިވެރިންނަށް ލިޔުން ދީފި

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު ކުއްޖަކަށް ޔޫތު މިނިސްޓަރު ޒުހޫރު ސެޓްފިކެޓް އިއްޔެ ހަވާލުކޮށް ދެއްވަނީ. ފޮޓޯ: ދިރާގު
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު ކުއްޖަކަށް ޔޫތު މިނިސްޓަރު ޒުހޫރު ސެޓްފިކެޓް އިއްޔެ ހަވާލުކޮށް ދެއްވަނީ. ފޮޓޯ: ދިރާގު

 

މިއަހަރުގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު ބައިވެރިންނަށް ލިޔުން ދީފިއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން، ޒުވާނުން މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރަން ދިރާގުން އަހަރަކު އެއްފަހަރު ބާއްވާ ޕްރޮގްރާމެކެވެ.

ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުން ގައުމަށް ކޮށްދޭ ވަރަށް އަގުހުރި ހިދުމަތެއް ކަމަށެވެ. ރާއްޖޭގައި ދިރާގުފަދަ ބޮޑެތި ކުންފުނިތައް ހުރި އިރު، އެކުންފުނިތަކުން ވެސް ދިރާގު ނަމޫނާއަކަށް ބަލައިގެން އެފަދަ ގިނަ ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކިޔެވުމުގެ އިތުރަށް ތަމްރީނާއި ތަޖުރިބާގެ މުހިއްމުކަމުގެ މައްޗަށް އިޝާރާތްކުރައްވައި ޒުހޫރު ވިދާޅުވީ، ވަޒީފާގެ މާހައުލަށް ނުކުންނަ ހިސާބުން ބޭނުން ހިފޭނީ ސްކޫލުތަކާއި ކޮލެޖުތަކުން ކިޔަވައިދޭ ތައުލީމުގެ މަދު ޕަސެންޓެއް ކަމަށެވެ. އެހެންކަމުން ޕްރޮގްރާމުގެ އެހީގައި އެކި ދާއިރާތަކުން ލިބޭ މަސައްކަތުގެ ތަމްރީނުގެ ބޭނުން ފުރިހަމަގޮތުގައި ބޭނުންކުރުމަށް މިނިސްޓަރު ޒުހޫރު ވަނީ ބައިވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.

ދިރާގު އެޕެރެންޓިސްޝިޕް ޕްރޮގްރާމަކީ،  މަސައްކަތުގެ މާހައުލުތަކަށް ދިވެހި ޒުވާނުން ބިނާކުރުމަށްޓަކައި މަސައްކަތާގުޅޭ އިލްމާއި ހުނަރު އަދި މަސައްކަތުގެ އަމަލީ ތަޖުރިބާ ހާޞިލްކުރުމުގެ ފުރުސަތު ހޯދައިދޭ ޕްރޮގްރާމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

“މި ޕްރޮގްރާމްގެ ސަބަބުން ކާމިޔާބު މަސައްކަތުގެ މާހައުލެއްގައި ކުދިންނަށް ތަމްރީން ލިބިގެންދޭ. އަދި އެ ފަދަ މާހައުލްތަކުގައި މަސައްކަތް ކުރުމަށް އެކުދިންނަށް ހިތްވަރު ލިބި އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު އިތުރުވެގެންދޭ. އަދި ދިރާގުން މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ސަބަބުން، ވަޖީފާގެ މާހައުލަށް ހޭނިފައިތިބި ޒުވާން ދިވެހިދަރިން މުޖުތަމައަށް އުފަންވެ، އެކުދިންގެ ކުރިމަގު ބިނާކުރުމުގައިއާއި ޤައުމުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރުމަށް ގިނަ ދޮރުތަކެއް ހުޅުވިގެންދޭ.” ދިރާގުން މައުލޫމާތު ދިނެވެ.

މި ޕްރޮގްރާމަކީ މާލޭގެ އިތުރުން މުޅި ރާއްޖެއަށްވެސް ހުޅުވާލެވިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިގޮތުން ރާއްޖޭގެ އެކިހިސާބުތަކުގައި ގާއިމުކުރެވިފައިވާ ދިރާގު އޮޕަރޭޝަން ސެންޓަރުތަކުގައި މި ޕްރޮގްރާމުގެ ދަށުން މަސައްކަތުގެ އަމަލީ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުޝަތު އެސަރަހައްދުގައި ދިރިއުޅޭ ޒުވާނުންނަށް ދިރާގުން ދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.