ބ. އަތޮޅުގައި މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފޯ ސީޒަން މޯލްޑިވްސް ލަނޑާ ގިރާވަރު ރިސޯޓް އާ ދެކޮޅަށް ނިކުމެ އަންނަތަރާ ކިހަވައް ވިލާސް އިން މެޗް ކާމިޔާބުކޮށްފި އެވެ.
އެ ޓީމު އަމިއްލަ ރިސޯޓްގައި ކުޅުނު މި މެޗު ކާމިޔާބުކޮށްފައި ވަނީ ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓްތައް ދިޔައީ 25-23، 26-24 އަދި 22- 25 އިންނެވެ
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަނަންތަރާގެ ހުސައިން އަލީ އެވެ.
ޒޯން 5 ގެ ހަތަރު ރިސޯޓުން ވާދަކުރާ މި މުބާރާތުގައި މިއަދު ހަވީރުކުޅޭ މެޗުގައި ބައްދަލު ކުރާނީ ސޮނެވާފުށި ރިސޯޓާއި އަނަންތަރާ ކިހަވައް ވިލާސް އެވެ. މި މެޗު ކުޅޭނީ ސޮނެވާފުށީގަ އެވެ.
މި ޒޯންގެ ފައިނަލު ކުޅޭނީ މިމަހު 17 ވަނަ ދުވަހު އެވެ.