ބ. އަތޮޅުގައި މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ސޮނެވާފުށި ރިސޯޓް ދަތުރު ކޮށްފި އެވެ.
ސޮނެވާފުށީގައި ދެ ޓީމު މިއަދު ބައްދަލުކުރި ފޯރި ގަދަ މެޗުގައި އަނަންތަރާ ކިހަވައް ވިލާސް އާ ވާދަކޮށް ސޮނެވާ ކާމިޔާބުކޮށްފައި ވަނީ 25-22، 18-25، 25-20 އަދި 29-27 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސޮނެވާފުށި ޓީމުގެ އަލީ ވިޝާމު އެވެ.
ޒޯން 5 ގެ ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގައި މާދަމާ ކުޅޭނީ އަމިއްލަފުށީ ރިސޯޓާއި ފޯ ސީޒަން ލަނޑާގިރާވަރެވެ. މި މެޗު ކުޅޭނީ ލަނޑާގިރާވަރުގަ އެވެ.