އެލްޓީއީ-އޭ ނެޓްވޯކް ތައާރަފުކުރި ދެކުނު އޭޝިޔާގެ ފުރަތަމަ ކުންފުންޏަކަށް ދިރާގު

އެލްޓީއީއޭ ނެޓުވޯކުގެ ހިދުމަތް ތައާރަފްކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ އޮފިޝަލުން ނޫސްވެރިންނާ ވާހަކަދައްކަވަނީ.--ފޮޓޯ: ދިރާގު
އެލްޓީއީއޭ ނެޓުވޯކުގެ ހިދުމަތް ތައާރަފްކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ އޮފިޝަލުން ނޫސްވެރިންނާ ވާހަކަދައްކަވަނީ.–ފޮޓޯ: ދިރާގު

ކުރިއަރާފައިވާ އެންމެ ފަހުގެ މޮބައިލް ނެޓްވޯކް ކަމަށްވާ އެލްޓީއީ އެޑްވާންސް (އެލްޓީއީ-އޭ)ގެ ހިދުމަތް މި ސަރަހައްދުގައި ދޭން ފެށި ފުރަތަމަ ކުންފުންޏަކަށް ދިރާގު ވެއްޖެ އެވެ.

މިއަދު ސީ ހައުސްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ދިރާގުގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ވެސް ލިބޭ މި ނެޓުވޯކު މުޅި ރާއްޖެއަށް ފުޅާކުރަމުން ގެންދާނެ ކަމަށެވެ.

“އެލްޓީއީ އެޑްވާންސް އަކީ އެލްޓީއީ އަށް ވުރެ ދެތިން ގުނަ އިތުރަށް ހަލުވި ސްޕީޑެއްގައި ބޭނުންކުރެވޭނެ މޯބައިލް ޑޭޓާއެއް. އަދި މިހާރުގެ އެންމެ ފަހުގެ ޒަމާނީ ޑިވައިސްތައް މި ހުރީ އެލްޓީއީ-އޭ ސަޕޯޓުކުރާ ޑިވައިސްތަކެއްގެ ގޮތުގައި. މިހާރު ވެސް ރާއްޖޭގައި މި ޑިވައިސްތައް އެބަހުރި. އަދި ކަސްޓަމަރުން [މި ހިދުމަތް] އެބަ ބޭނުންވޭ،” މިރުޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް އެލްޓީއީ-އޭ ހިދުމަތް އެންމެ ފުރަތަމަ ދޭން ފެށި ސާވިސް ޕްރޮވައިޑާ އަކީ ދިރާގެވެ.

“ދުނިޔޭގައި ވެސް މާ ގިނަ ގައުމުތަކުގެ އޮޕަރޭޓަރުންނެއް މި ހިދުމަތެއް ނުދެއްވާ. އެންމެ ކައިރިއަށް ބަލައިލި ކަމުގައި ވިއަސް ސިންގަޕޫރު އަދި މެލޭޝިޔާގައި އެލްޓީއޭ ހިދުމަތް އެބަހުރި. އެހެން ނަމަވެސް ސައުތު އޭޝިއާ ރީޖަންގެ އެއްވެސް ގައުމެއްގައި ކޮމާޝަލީ މި ހިދުމަތެއް ނުދެއްވާ،” މިރުޝާން ވިދާޅުވި އެވެ.

ދިރާގުގެ މޮބައިލް ޕްރޮޑަކްޓް އެގްޒެކެޓިވް އަހުމަދު އިޝާން ވިދާޅުވީ އެ ނެޓުވޯކުގެ އެހީގައި ވީޑިއޯ ބަލައިލުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
“މިހާރު އެޗްޑީ ވީޑިއޯ ބަފަރިން ނެތި ބަލައިލުމުގެ ފުރުސަތު ލިބޭނެ.މިއީ ހަމައެކަނި ދައްކާ ވާހަކައެއް ނޫން. މިހާރު ތަޖުރިބާ ކުރެވޭނެ،” އިޝާން ވިދާޅުވި އެވެ.

ދިރާގުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ 4ޖީ އެލްޓީއީގެ ހިދުމަތް ތައާރަފްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.