ބޮޑީ ބޯޑިން މުބާރާތުގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު

dhi

 

ރާއްޖޭގައި ކުރިޔަށް ގެންދާ ބައިނަލްއަޤްވާމީ ބޮޑީ ބޯޑިންގ މުބާރާތް، މޯލްޑިވްސް އޯޕެން 2015 ގެ އޮފިޝަލް ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ބޮޑީ ބޯޑީންގ އެސޯސިއޭޝާނާޢި އޭޝިއަން ސާފިންގ ޗެމްޕިއަންޝިޕްސްއާއި ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ޓެލެކޮމް ޕާޓްނަޝިޕް އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މާކެޓިންގ، ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރްޝާން ހަސަންއެވެ.

އަދި މޯލްޑިވްސސް ބޮޑީބޯޑިންގ އެސޯސިއޭޝަނުން ސޮއިކުރެއްވީ އެކުންފުނީގެ ރައީސް އަބްދުﷲ އަަރީފެވެ.

13 ސެޕްޓެމްބަރުން 16 ސެޕްޓެމްބަރަށް، ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރަތް ބޭއްވުމަށް އޮންނާނީ މިދިޔަ އަހަރުވެސް ބޭއްވި ރިސޯޓްކަމަށްވާ އަދާރަން ސިލެކްޓް ހުދުރަންފުށި ރިސޯޓުގައެވެ.

މުބާރާތުގައި އަންހެނުންނާއި ފިރިހެނުންގެ އޯޕެން ކެޓެގަރީ އިތުރުން ބޮޑީބޯޑިންގ އޯޕަން ކެޓެގަރީއެއްވެސް ހިމަނާފައިވެއެވެ. މި ތިން ކެޓެގަރީއަށް ޖުމްލަ 15،000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމު ވަނީ ހުށަހެޅިފައެވެ.

މިއަހަރުގެ މުބާރާތުގައި، އޮސްޓްރޭލިޔާ، ދެކުނު އެފްރިކާ، އިންޑޮނޭޝިޔާ، ފިލިޕީންސް، ދުބާއީ، އެމެރިކާ، ފްރަންސޭސި ވިލާތް، ޖަރުމަނު، ޖަޕާނު އަދި ޑޮމިނިކަން ރިޕަބްލިކް ފަދަ ގައުމުތަކުން ބައިވެރިން ބައިވެރިވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.