ބަހިއްޔާ ގުރުއާން މުބާރާތުން އެއްވަނަ މިއަހަރުވެސް ނާއިފް އަށް

ބަހިއްޔާ ގުރުއާން މުބާރާތުގެ އެއް ވަނަ ހާސިލްކުރި ނާއިފް އަށް އިނާމް ދެއްވަނީ– ފޮޓޯ/ އަބޫ ޔައުލާ
ބަހިއްޔާ ގުރުއާން މުބާރާތުގެ އެއް ވަނަ ހާސިލްކުރި ނާއިފް އަށް އިނާމް ދެއްވަނީ– ފޮޓޯ/ އަބޫ ޔައުލާ

 

ބަހިއްޔާ ޕްރީ-ސްކޫލުގެ ޤުރުއާން މުބާރާތުން އެއް ވަނަ މިއަހަރުވެސް އޭދަފުށީ، ތަރާނާ، އަބްދުﷲ ނާއިފް ނަޒީހު ހޯދައިފި އެވެ.

ބަހިއްޔާ ޕްރީ-ސްކޫލުގެ ނާސަރީ، ޔޫކޭޖީ އަދި އެލްކޭޖީ ކުދިންނަށް ހުޅުވާލައިގެން މިދިޔަ ޖޫން މަހުތެރޭ ބޭއްވި މި މުބާރާތުން ދެ ވަނަ މިރަށު ބުލްބުލާގޭ މަރިޔަމް އިބާ ހޯދި އިރު، ތިންވަނަ ހޯދީ މާފަރު އާޔާ ތޯރިގު އެވެ.

ބަހިއްޔާ ގުރުއާން މުބާރާތުގެ ދެ ވަނަ ހާސިލްކުރި  މަރިޔަމް އަށް އިނާމް ދެއްވަނީ– ފޮޓޯ/ އަބޫ ޔައުލާ
ބަހިއްޔާ ގުރުއާން މުބާރާތުގެ ދެ ވަނަ ހާސިލްކުރި މަރިޔަމް އަށް އިނާމް ދެއްވަނީ– ފޮޓޯ/ އަބޫ ޔައުލާ

 

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު މެންދުރުފަހު މަލްޓިޕާޕަސް ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުޅި މުބާރާތުން ޚާއްސަ ވަނަތައް ހާސިލުކުރި ކުދިންނަށް އިނާމުތައް ދެއްވީ ބަހިއްޔާ ޕްރީ ސްކޫލުގެ ޕްރިންސިޕަލް އޭދަފުށީ ކައުންސިލުގެ މެންބަރު ނާޒްނީން ޔޫސުފް އެވެ.

ބަހިއްޔާ ގުރުއާން މުބާރާތުގެ ތިންވަނަ ހާސިލްކުރި  އާޔާ ތޯރިގު އަށް އިނާމް ދެއްވަނީ– ފޮޓޯ/ އަބޫ ޔައުލާ
ބަހިއްޔާ ގުރުއާން މުބާރާތުގެ ތިންވަނަ ހާސިލްކުރި އާޔާ ތޯރިގު އަށް އިނާމް ދެއްވަނީ– ފޮޓޯ/ އަބޫ ޔައުލާ

 

ކީރިތި ގުރުއާނަށް ދޭ އަހަމިއްޔަތު އިތުރުކޮށް، ތުއްތު ކުދިންގެ ހިތްތަކުގައި ގުރުއާން ކިޔެވުމުގެ ޝައުގުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ބޭއްވި މި މުބާރާތުގައި 150 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.